ޗައިނާއިން މިދިޔަ ޖުލައި މަހު ހިފެހެއްޓި ޓައިވާނުގެ މަސްބޯޓަކާއި، އޭގެ ހަތަރު ފަޅުވެރިއަކު ދޫކޮށްލައިފިއެވެ.
ޗައިނާގެ ގުއާންޖޯގެ ކައިރިން ފަސް މީހުންނާ އެކު މިބޯޓު ހިފެހެއްޓީ ފޫޖިއާން ކޯސްޓްގާޑުންނެވެ. ހަތަރު ފަޅުވެރިން ދޫކޮށްލިނަމަވެސް ބޯޓުގެ ކެޕްޓަން އަދިވެސް ހުރީ ތަހުގީގެ ބޭނުމަށް ޗައިނާގެ ބެލުމުގެ ދަށުގައެވެ. އެ މީހުން ހިފަހައްޓާފައި ވަނީ ޗައިނާއިން ކޮންޓްރޯލްކުރާ ސަރަހައްދުގެ ތެރޭގައި މަސްވެރިކަމާ ބެހޭ ގަވާއިދުތަކާ ޚިލާފަށް މަސްވެރިކަންކޮށްގެންކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ހިފެހެއްޓި ބޯޓުގައި ތިބީ ޓައިވާނުގެ އިތުރުން އިންޑޮނީޝިއާގެ މީހުންނެވެ. ހިފެހެއްޓިއިރު ބޯޓުގައި 1.33 ޓަނުގެ މަސް ބާނާފައި ހުރިކަމަށް ފޫޖިއާން ކޯސްޓް ގާޑުން ބުނެއެވެ.
ދޫކޮށްލި ފަޅުވެރިންނާ ދެކޮޅަށް ޖިނާއީ ދައުވާކުރާނެ ތަނެއް ނެތްކަމަށްވެސް ފޫޖިއާން ކޯސްޓްގާޑުން ވަނީ ނިންމާފައެވެ.
ޗައިނާ އާއި ޓައިވާނާއި ދެމެދު މަސްރަހު ގޯސްވެފައިވާއިރު، މަސްވެރިކަމާއި ގުޅުން ހުރި މައްސަލަތަކުގައިވެސް ދެ ގައުމުގެ ދެމެދުގައި ވަނީ އިތުރަށް ނުތަނަވަސްކަން އުފެދިފައެވެ. މައްސަލަ ގޯސްވެފައިވަނީ މިދިޔަ ފެބްރުއަރީ މަހު ޓައިވާނުގެ ކޯސްޓްގާޑަށް އަތުނުވާން މަސައްކަތްކުރި ޗައިނާގެ އުޅަނދެއް ބަންޑުންޖަހާލައި، އޭގައި ތިބި ދެ މަސްވެރިން މަރުވުމާއި ގުޅިގެންނެވެ.
ޗައިނާ އާއި ޓައިވާނާ ދެމެދު މަސްވެރިކަމުގެ މައްސަލައިގައި ހައްލުތަކެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތަށް ކޮންމެވެސް ކުރިއެރުމެއް އައިސްފިކަމަށް، ޓައިވާނުގެ މި މަސްބޯޓު ދޫކޮށްލުމުން ބައެއް މުރާސިލުން ދެކެއެވެ.
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު