މާލޭގެ ވިޔަފާރި ބަނދަރު، ގުޅިފަޅަށް ބަދަލު ކުރުމަށް ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން، އިންޑިއާއިން ހޯދާފައިވާ ފައިސާ، މި ސަރުކާރުން އަލަށް ފަށާ ހައުސިންގެ މަޝްރޫއުތަކަށް ބޭނުންކުރަން ނިންމައިފިއެވެ.
ނިމިދިޔަ ސަރުކާރުން ގުޅިފަޅުގައި ޕޯޓް އަޅަން ނިންމީ 1.4 ބިލިއަން ޑޮލަރު (22 ބިލިއަން ރުފިޔާ) ހަރަދުކޮށްގެންނެވެ. އެ ޕްރޮޖެކްޓަށް އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓުން 75 ޕަސެންޓު ހަރަދު ކުރަން ނިންމާފައިވާތީ، ޕްރޮޖެކްޓު ހަވާލު ކުރަން ނިންމާފައި އޮތީ ހަމައެކަނި އިންޑިއާގެ ކުންފުންޏަކާއެވެ.
ނަމަވެސް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވީ މާލޭ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލު ކުރައްވާނެ ކަމަށެވެ.
މާލިއްޔަތު ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގާ ސުވާލު ކުރެއްވީ ގުޅިފަޅުގައި ޕޯޓް އެޅުމަށް ކުރީގެ ސަރުކާރުން ހޯއްދެވި ފައިސާއާ ގުޅޭ ގޮތުންނެވެ. އިންޑިއާ ސަރުކާރުގެ ލައިފް އޮފް ކްރެޑިޓުގެ ދަށުން ޕޯޓް އަޅަން ލިބުނު ފައިސާއިން ހައުސިން މަޝްރޫއު ހިންގަން ނިންމެވީތޯ ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ "ތި ވިދާޅުވީ ރަނގަޅަށް" ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ ހައުސިންއަށް ހާއްސަ އިސްކަމެއް ދެއްވާތީ، ބޭނުންވަނީ ވީހާ ވެސް އަވަހަކަށް ހައުސިން މަޝްރޫއުތައް ފަށައި ހައުސިންއަށް ސޮލިއުޝަނެއް ހޯދުމަށް. އެ އަމާޒަށް. ތި ވިދާޅުވީ ރަނގަޅަށް،" ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ޕޯޓް އަޅަން ހޯދި ފައިސާގެ ތެރެއިން 300 މިލިއަން ޑޮލަރު ހައުސިން މަޝްރޫއު ހިންގުމަށް ހޭދަ ކުރެވޭނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެހެން ގޮތް ގޮތުން ވެސް ލިބިފައިވާ ފައިނޭންސް ވެސް، ހައުސިން މަޝްރޫއުތަކަށް ހާއްސަކުރުމަށް މިނިސްޓްރީތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި އަހަރު ނިމުމުގެ ކުރިން ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ސަރުކާރުން އިއުލާންކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މަޖިލީހުގައި ވަނީ ވިދާޅުވެފައެވެ.
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ
މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލް މި ދައުރު މަޖިލީހަށް ހުށަހަޅާނެ
ރައްޔިތުން މަޖިލީހުގެ ވަކި ޕަސެންޓެއް ޒުވާނުންނަށް ހާއްސަކުރަނީ
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ