އިއްޔެ މާލެ އަށް ކުރި ވިއްސާރާގައި 89 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ.
މެޓު އޮފީހުން ބުނީ އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނީ މާލެ އަށް ކަމަށެވެ. އެއީ 89.4 މިލިމީޓަރުގެ ވާރެއެވެ. މާލެ ސަރަހައްދުން ހުޅުލެއަށް 63.4 މިލިމީޓަރުގެ ވާރޭ ވެހުނުއިރު ހުޅުމާލެ އަށް 42.1 މިލިމީޓަރުގެ ވާރޭ ވެހުނެވެ.
ރަށްތަކުގެ ތެރެއިން އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރިކޯޑު ކުރެވިފައި ވަނީ އއ. ތޮއްޑޫ އަށެވެ. އެގޮތުން ތޮއްޑޫ އަށް 70.6 މިލިމީޓަރުގެ ވާރޭ ވެހުނެވެ.
މި ވިއްސާރައާ ގުޅިގެން ރާއްޖޭގެ ގިނަ ރަށްތަކެއްގައި ފެން ބޮޑުވުމުގެ ހާދިސާތައް ވަނީ ހިނގައިފައެވެ. އެގޮތުން އިއްޔެ މާލެ އަށް ވެސް ވެހުނު ވާރޭގައި މަގުތަކުގައި ވަރަށް ބޮޑަށް ފެން ބޮޑުވިއެވެ.
ރާއްޖެ އަށް މިހާރު ކުރަމުން އަންނަ ވިއްސާރާގައި މިއަދު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައި ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާ ކޮށްފައެވެ.
މެޓުން ބުނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅުގެ ރަށްތަކާއި ހަމައަށް ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެއެވެ. ނަމަވެސް ވިލާގަނޑުގައި ވައި ޖެހޭ މިންވަރު އިތުރުވެ ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ބުންޏެވެ.
މީގެއިތުރުން ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވެސް މެޓުން މައުލޫމާތުދެއެވެ. މިހާރު ރާއްޖެ އަށް ކުރަމުން މި ދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.
އުތުރު ބަދަލުކޮށްލާ، ހަނިމާދޫ އެއާޕޯޓު ރަސްމީކޮށް ހުޅުވައިފި
ވެރިކަމާއި ހަވާލުވިއިރު ހަނިމާދޫ އެއާޕޯޓުގެ ނިމިފައި ވަނީ 30 ޕަސެންޓު
ހަނިމާދޫ އެއާޕޯޓު ހުޅުވުމަށް މޯދީގެ ހާއްސަ މަންދޫބެއް ރާއްޖެއަށް
ޑެޕިއުޓީ ކޮމިޝަނަރު ރިޔާޒުގެ މަގާމު އިޔާދަކުރަން ކޮމެޓީން ލަފާދީފި
މުދާ ބަރުކޮށްގެން ދަތުރުކުރި ބޯޓެއް ފަރަށް އަރާ އަޑިއަށް ދަނީ
ބީއެމްއެލުން ބަހާލީ ރައްޔިތުންގެ ފައިސާ، ލިބޭނެ އިރެއް ނޭނގޭ: އަމްރު