ރާއްޖެ އަށް މިހާރު ކުރަމުން އަންނަ ވިއްސާރާގައި މިއަދު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައި ގަދަވާނެ ކަމަށް މެޓުން ބުނެފިއެވެ.
މެޓުން ބުނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅުގެ ރަށްތަކާއި ހަމައަށް ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެއެވެ. ނަމަވެސް ވިލާގަނޑުގައި ވައި ޖެހޭ މިންވަރު އިތުރުވެ ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ބުންޏެވެ.
މީގެއިތުރުން ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވެސް މެޓުން މައުލޫމާތުދެއެވެ. މިހާރު ރާއްޖެ އަށް ކުރަމުން މި ދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.
މެޓުން ލަފާކުރާ ގޮތުގައި ކުރިޔަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ ސަރަހައްދުގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވިއްސާރަ ކުރާނެއެވެ. މި ވިއްސާރައާ ގުޅިގެން ރާއްޖޭގެ ގިނަ ރަށްތަކެއްގައި ފެން ބޮޑުވުމުގެ ހާދިސާތައް ވަނީ ހިނގައިފައެވެ. އެގޮތުން އިއްޔެ މާލެ އަށް ވެސް ވެހުނު ވާރޭގައި މަގުތަކުގައި ވަރަށް ބޮޑަށް ފެން ބޮޑުވިއެވެ.
ކަނޑުމަގުން އެތެރެކުރި 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި
ނަމާދު ވަގުތަށް ކުޅިވަރު ކުޅުން 20 މިނެޓަށް މެދުކަނޑާލަން އަންގައިފި
ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި