މާލެ އަށް މިއަދު ކުރި ވިއްސާރާގައި މަގުތަކުގައި ފެން ބޮޑުވެ، ގެތަކަށް ފެން ވަނުން ކޮންޓްރޯލް ކުރުމަށްޓަކައި ވެލި ބަސްތާ ޖެހުމުގައި ސްޓެލްކޯގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ސްޓެލްކޯ އިން އެކްސްގައި މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ގޭގެއަށް ފެން ވަނުން ކޮންޓްރޯލް ކުރުމަށް ވެލި ބަސްތާ ޖެހުމާއި އެހީތެރިކަން ބޭނުންވާ ރައްޔިތުންނަށް އެހީތެރިވެދިނުމަށް ސްޓެލްކޯގެ މުވައްޒަފުން މާލެ ސިޓީގައި ހަރަކާތެރިވަމުން އަންނަ ކަމަށެވެ.
އަދި ސްޓެލްކޯއިން ހިދުމަތްދޭ އެހެނިހެން ރަށްރަށުގެ މުވައްޒަފުން މިވަގުތު ރަށު ފެންވަރުގައި ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި ތައްޔާރީ ހާލަތަކަށް ގެނެވިފައިވާ ކަމަށްވެސް ބުންޏެވެ.
"ރައްޔިތުންނަށް ދިމާވާ މިފަދަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ސްޓެލްކޯގެ މުވައްޒަފުން އަބަދުވެސް އުފަލާއިއެކު އެންމެ ކުރީ ސަފުގައި ތިބޭނެކަމުގެ ޔަގީންކަން އަރުވަން،" ސްޓެލްކޯ އިން ބުންޏެވެ.
އެކަމާއި ގުޅިގެން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ ދިވެހި ރައްޔިތުންނަށް ދިމާވާ އެފަދަ ކަންކަމުގައި ސްޓެލްކޯގެ މުވައްޒަފުން އަބަދުވެސް ދައްކަމުން ގެންދަނީ ތައުރީފު ހައްގު އަދި ހިތްވަރާއި ޖޯޝުން ފުރިގެންވާ ނަމޫނާއެއް ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ