ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރިކޯޑު ކުރެވުނީ ހއ. ކެލާ އަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ހާމަކޮށްފިއެވެ.
އެ އޮފީހުން ބުނީ ވޭތުވެދިޔަ ތިން ދުވަހު ވެސް ރާއްޖޭގެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ވައިގަދަވެފައިވާ ކަމަށެވެ. އެންމެ ބޯކޮށް ވާރޭ ވެހުނު ކަމަށް ރިކޯޑު ކުރެވުނީ ހއ. ކެލާ އަށް ކަމަށާއި އެއީ 231.5 މިލިމީޓަރުގެ ވާރޭ ކަމަށް ބުންޏެވެ. އަދި އެއީ މިހާތަނަށް އޮޓަމެޓިކް ވެދާ ސްޓޭޝަނަކަށް ރިކޯޑު ކުރެވުނު އެންމެ މަތީ އަދަދުކަން ވެސް ފާހަގަކުރިއެވެ.
މެޓުން ބުނީ ވިލާގަނޑުގައި އެންމެ ބޮޑަށް ވައިޖެހުނު ކަމަށް ރިކޯޑު ކުރެވިފައި ވަނީ ފ. ނިލަންދޫ އަށް ކަމަށެވެ. އެއީ ގަޑިއަކު 46 މޭލަށް ކަމަށް މެޓުން ބުންޏެވެ.
މެޓުން ލަފާކުރާ ގޮތުގައި ކުރިޔަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ ސަރަހައްދުގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވިއްސާރަ ކުރާނެއެވެ. އާއްމު ގޮތެއްގައި ޖެހޭ ވައި އުތުރާއި މެދުރާއްޖެ ތެރޭގައި ހުންނާނީ ގަޑިއަކު 17 މޭލާ 27 މޭލާ ދެމެދުގައެވެ. ދެކުނުގައި އާއްމުވައި ހުންނާނީ ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގައެވެ. ނަމަވެސް ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެއެވެ.
އެހެންކަމުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ވެސް ގަދަވާނެ ކަމަށާއި އަދި ވިލާގަނޑުގައި އިތުރަށް ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ލަފާކުރެއެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދަ އެރުން ވެސް އެކަށީގެންވާ ކަމަށް ބުންޏެވެ.
މެޓުން ވަނީ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކޮށްފައެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް