އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ހަތަރު މެމްބަރަކު މަޖިލީހުގެ ނިޒާމު ގެއްލުވާލި ކަމަށް ބުނެ، އެ މެމްބަރުންގެ ނަން އިއްވައި، މަޖިލީހުގެ ތަޅުމުން ނެރުމަށްފަހު ޖަލްސާ އަލުން ފަށައިފިއެވެ.
ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މަޖިލީހަށް ހާޒިރުކޮށް، މެމްބަރުން ސުވާލު ކުރައްވަމުން ގެންދަވަނިކޮށް، ސުވާލަށް ޖަވާބު ނުލިބޭ ކަމަށް ބުނެ، ތަޅުމުގައި އިހްތިޖާޖު ކުރައްވަން ފެއްޓެވީ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ)އެވެ. އޭނާގެ ފަހަތުން ދެން ތިއްބެވި އެމްޑީޕީގެ އެހެން މެމްބަރުން ވެސް އިހްތިޖާޖު ކުރައްވަން ފެއްޓެވިއެވެ.
ނަން އިއްވައި، މަޖިލީހުގެ ތަޅުމުން ނެރުނު މެމްބަރުން
- ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ)
- ކެޔޮދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިއުޝާދު
- ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
- ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް
މި މެމްބަރުން މަޖިލިސް ދޫކުރައްވައި ވަޑައިގަންނަވަންދެން މަޖިލިސް މެދުކަނޑާލިއެވެ. މަޖިލިސް މެދުކަނޑާލުމަށްފަހު އަލުން ޖަލްސާ ފެށީ 11 ޖެހިއިރުއެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް