ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލެ ސިޓީ ކައުންސިލަށް ވަޑައިގެން، މޭޔަރު އާދަމް އާޒިމާއި އެ ކައުންސިލްގެ އެހެން މެމްބަރުންނާ މިއަދު ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލު ކުރެއްވުން، ދައުލަތުގެ މީޑިއާގެ ޗެނަލް، ޓީވީއެމް، އަދި ސަރުކާރުގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ވަގުތުން ދެއްކިއެވެ.
މި ބައްދަލު ކުރެއްވުމުގައި ކައުންސިލްގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ރައީސަށް ވަނީ ހުށަހަޅުއްވާފައެވެ. އެ ޝަކުވާތައް ރައީސަށް ހުށަހެޅުއްވީ މާލޭގެ މާލޭގެ މޭޔަރު އާދަމް އާޒިމެވެ.
އާޒިމް ވިދާޅުވީ ހުޅުމާލެއިން މާލެ ސިޓީ ކައުންސިލަށް ކުއްޔަށް ބިން ދިނުމުގެ ބަދަލުގައި، މާލެ ސިޓީ ކައުންސިލަށް ހުޅުމާލޭގައި ބިން އޮންނަންޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ސަބަބަކީ ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެ ވަނަ ފިޔަވަހި، އަދި ތިން ވަނަ ފިޔަވަހީގައި ސިޓީ ކައުންސިލުން ހިދުމަތް ދޭންޖެހޭތީ ވެހިކަލްތަކާއި އެކި ކަހަލަ އިކުމަންޓްސް ބެހެއްޓުމަށް ބިން ބޭނުންވާނެ ކަމަށެވެ.
މާލެ ސިޓީ ކައުންސިލަށް ކުރިމަތިވާ ތިމާވެށީގެ މައްސަލަތައް އާޒިމް ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން އުދައެރުމުގެ ސަބަބުން މީހުންގެ މުދަލަށް ގެއްލުންވަމުންދާ ކަމަށާއި ރާޅުބޮޑުވާ ދުވަސްތަކުގައި ބްރިޖުގެ މާލެއާ ވީ ފަރާތުންނާއި ހުޅުލެ ކޮޅުން އުދައަރާ ކަމަށާއި އެކަމުގެ ސަބަބުން މީހުންނަށް ބޮޑެތި ގެއްލުންވަމުންދާ ކަމަށެވެ.
ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު އުމަރު ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުމުގައި އެލްޖީއޭގެ ސީއީއޯ ނިމާލު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް