މި ސަރުކާރަށް ނުވަ މަސް ފުރުނުއިރު ވެސް ބޮޑު ލާރިއެއް ދިއްކޮށްލީ އިންޑިއާއިން އެކަނި ކަމަށް އެމްޑީޕީގެ ރައީސް ޝާހިދު މިރޭ ވިދާޅުވެއްޖެ އެވެ.
މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ރާއްޖެ އާއި އިންޑިއާގެ ގުޅުން މުހިންމު ނޫން ކަމަށް ބުނެ އެންމެ ބާރުލާފައި މި ސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން ވާހަކަ ދެއްކި ނަމަވެސް ނުވަ މަސްވީއިރު, ވެސް އިންޑިއާ ނޫން ގައުމަކުން މި ސަރުކާރަކަށް ލިބުނު އެހީއެއް ނެތް ކަމަށެވެ. އެގޮތުން އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ލޯނު ދެއްކުން ދާދިފަހުން ފަސްކޮށް ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މުޅި ދުނިޔޭގެ އެތަންމިތަނަށް ދަތުރުކޮށްގެން ވެސް ބޮޑު ލާރިއެއް ދިއްކޮށްލާނެ މީހަކު ނުވި. ނުވަ މަސްވީއިރު ވެސް އެއްޗެއް ދިއްކޮށްލާނެ މީހަކު ނުވި. ހަމަ އެއްކަލަ އިންޑިއާ އޮތީ. 50 މިލިއަން ޑޮލަރުގެ ބޮންޑް ރޯވް އޯވާކޮށްދޭން މޯދީ ހުވާ ކުރެއްވި ދަރުބާރަށް ވަޑައިގެން ދިވެހި ސަރުކާރުން އެދިވަޑައިގަތީމަ އެކަން ކޮށްދެއްވައިފި." ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ މި ސަރުކާރުގެ އަމަލުތަކުގެ ސަބަބުން އިންޑިއާގެ ޓޫރިސްޓުން އައުން އެތައް ގުނައެއް މަދުވެފައިވާ ކަމަށެވެ. އަދި އިންޑިއާ އައުޓް ކެމްޕެއިންގެ ތެރެއިން, ރާއްޖޭގައި 2,000 ސިފައިން ތިބި ކަމަށް ބުނެ ދެއްކި ވާހަކަތައް ކޮބައިތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
"އޭރު ވެސް އަޅުގަނޑުމެން ދެންނެވިން ޓެކްނިކަލް ބައެކޭ މިތަނުގައި ތިބީ. މިއަދު ވެސް އެ މީހުން އެބަތިބި. ހަމައެކަނި ތަފާތަކީ ލައިގެން ތިބި ގަމީސް ނުފުށުން ލީ." އޭނާ ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި އަންނަ ހުކުރު ދުވަހު އިންޑިއާގެ ފޮރިން މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވާއިރު, އިތުރު އެހީތައް ލިބޭނެ ކަމަށް އުއްމީދު ކުރެވެ އެވެ. އަދި ރާއްޖޭގެ ކަނޑު ވިއްކާލުމުގައި އިންޑިއާގެ ބައިވެރިވުން އޮތް ކަމަށް މި ސަރުކާރުގެ އިސްވެރިން ކުރިން ތުހުމަތު ކުރިއިރު އެ ވާހަކަ ޖައިޝަންކަރާ ދައްކަން ކެރޭނެތޯ އޭނާ ސުވާލު ކުރެއްވި އެވެ.
"ޚާރިޖީ ވަޒީރުގައި އަރިހުގައި އައްސަވާލައްވަން ވާނެ. އިތުރު ފައިސާއަށް އެހީއަށް އެދިވަޑައިގަންނަވާއިރު އައްސަވާލައްވަން ވާނެ. ބައިވެރިވެގެން ވިއްކާލި ކަނޑު ކޮބައި ހެއްޔޭ." ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ސަރުކާރުގެ ވެރިން މިހާރު ދައްކަމުންދާ ވާހަކަތަކުން ބިރުން ފިތްކަނޑައިގެންދާ ކަމަށެވެ. އަދި ލާ މަރުކަޒީ ނިޒާމު ފުނޑާލުމަށްފަހު ކަތީބުން ތިބޭ ނިޒާމެއް ގެނައުމުގެ މަސައްކަތް ފަށާފައިވާއިރު މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލައި ރިޔާސީ ދައުރު ދިގު ދަންމާލާނެ ކަމުގެ ބިރު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
 
		 
										
										 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								