ގިނަ އަދަދެއްގެ އިންވެސްޓަރުންނާއެކު ފަތުރުވެރިކަމާއި ބެހޭ ހާއްސަ ކޮންފަރެންސެއް މިއަދު ރާއްޖޭގައި ފަށައިފިއެވެ.
އޮސްޓްރޭލިއަން ހޮޓެލް އިންޑަސްޓްރީ ކޮންފަރެންސް އެންޑް އެގްޒިބިޝަނުން އިންތިޒާމްކޮށްގެން ބޭއްވި "އަ ހައިސް މޯލްޑިވްސް ހޮޓެލް އިންވެސްޓްމެންޓް ސަމިޓު" މިއަދު ފަށާފައި ވަނީ ކްރޮސް ރޯޑުގައެވެ. މި ކޮންފަރެންސްގައި ރާއްޖޭގައި ހިންގާ ރިސޯޓުތަކާއި ހޮޓަލުތަކުގެ އިތުރުން ރާއްޖެ އިން ބޭރުގެ އިންވެސްޓަރުން ވެސް ބައިވެރިވެފައިވެއެވެ.
މި ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ފުރުސަތުތައް އިންވެސްޓަރުންނާއި ހިއްސާ ކުރުމެވެ. މި ކޮންފަރެންސް ޝަރަފުވެރި ކޮށްދެއްވީ ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިސަލެވެ.
މި ކޮންފަރެންސްގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދެމެހެއްޓެނިވި ތަރައްގީގެ އުސޫލުތަކަށް ހީވާގިކަމާއެކު ތާއީދުކޮށް، އެކަންކަން ތަންފީޒުކުރުމަށް ހުރިހާ ސްޓޭކްހޯލްޑަރުންނަށް ހިތްވަރު ދެއްވާ ކަމަށެވެ. އަދި ފަތުރުވެރިކަން ފުޅާކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އިސްކަން ދެއްވާ ކަމަށްވެސް ވިދާޅުވިއެވެ.
އަހައިސް ގްރޫޕްގެ ރައީސް ޖޭމްސް ޖީ ވިލްކިންސަން ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި ރާއްޖޭގައި މިފަދަ އެހެން ކޮންފަރެންސްތައް ވެސް ބާއްވާނެ ކަމަށެވެ.
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި