ލޯކަލް ކައުންސިލްތަކުގެ ބައި އިލެކްޝަންތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ ބައި އިލެކްޝަންތައް ކޮންމެ އަހަރަކު ދެ ފަހަރު ބާއްވާ ގޮތަށް ގާނޫނަށް އިސްލާހު ގެނެސްފިއެވެ.
ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނާއި ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުތައް މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ ފާސް ކޮށްފައެވެ. މިއަދު އޮތް މަޖިލިސް ޖަލްސާގެ ވޯޓުގައި މި ދެ ގާނޫނަށް އިސްލާހު ގެނައުމަށް ފާސްކުރީ 67 މެންބަރުންގެ ވޯޓުންނެވެ.
ގާނޫނުގައި މިހާރު އޮންނަނީ ކައުންސިލެއްގެ ގޮނޑިއެއް ނުވަތަ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީތަކުން ކޮމެޓީއެއްގެ ގޮނޑިއެއް ހުސްވެފައިވާ ނަމަ 60 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެ ކަމަށެވެ.
ނަމަވެސް މިއަދު ފާސްކުރެވުނު އިސްލާހާއެކު ދެން އިންތިހާބު ބާއްވަން ޖެހޭނީ 183 ދުވަހުގެ މުއްދަތެއްގެ ތެރޭގައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ