ބޭސްފަރުވާއަށް މާލެ އައި މީހެއްގެ އަތުން ފައިސާ އާއި ފޯނު އިއްޔެ ފޭރިގެންފިއެވެ.
ފުލުހުން ބުނީ 62 އަހަރުގެ މީހަކު ބޭސްފަރުވާއަށް މާލެ އައިސް އުޅެނިކޮށް، އެ މީހާ ކުއްޔަށް ހުރި ކޮޓަރިއަށް ދެ މީހަކު ވަދެ، ބިރު ދައްކައިގެން ފޭރުނު މައްސަލައެއް ފުލުހުންނަށް އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މީހަކު އަދި ހައްޔަރު ނުކުރެވޭ ކަމަށާއި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ފޭރުމުގެ 309 މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ. މިދިޔަ އަހަރު ފޭރުގެ 481 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވެއެވެ.
ފުލުހުންނަށް މިއަހަރު ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ. މިއަހަރުގެ މިހާތަނަށް ވައްކަމުގެ 3،819 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވެއެވެ.
ފިޔާޒު އަދި ހަސަންގެ މައްޗަށް ދައުވާކޮށްފި
ސިޔާސަތުތަކަށް ފާޑު ކިޔުމަކީ ސިޔާސީ ޕާޓީއެއްގެ މަސްއޫލިއްޔަތެއް
ބޭރު ފައިސާގެ ބެލެންސް ދަށްވުމުން ޝަމްހީދުގެ ކަންބޮޑުވުން
މާލެއަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް އާޒިމް ގޮވާލައްވައިފި
ބީއެމްއެލްގެ ފިޔަވަޅަކީ ސައްހަ ގޮތުގައި ޑޮލަރު ބޭނުންކުރުން
މީޑިއާ ވިލެޖުގެ މަސައްކަތް ޖޫން މަހަށް ނިންމަނީ