މެދުއިރުމަތީގެ މަސްރަހާ ގުޅޭ ގޮތުން އޮގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ބާއްވާ ހާއްސަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ސައުދީ އަރަބިޔާއަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އެ ބައްދަލުވުން އޮތީ މާދަމާގެ ވަގުތެއްގައެވެ. އެ ބައްދަލުވުމުގައި ހާރިޖީ ވަޒީރުން ފެންވަރުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ. އެ ބައްދަލުވުމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު ޒަމީރު ތަގުރީރު ކުރައްވަވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
އެމަނިކުފާނުގެ ތަގުރީރުގައި ފަލަސްތީނާއި ދެކޮޅަށް އިޒްރޭލުން ހިންގަމުން ގެންދާ ލާއިންސާނީ އަނިޔާތަކާއި ހަމާސް ޖަމާއަތުގެ ވެރިޔާ އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުމާ ގުޅިގެން ހިނގަމުންދާ ކަންކަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާނެއެވެ.
ހަނިއްޔާ އަވަހާރަ ކޮށްލީ އިޒްރޭލުން ކަމަށް ހަމާސް އަދި އީރާނުން ވެސް ވަނީ ބުނެފައެވެ. އަދި އެކަމުގެ ބަދަލުވެސް ހިފާނެ ކަމަށް ބުނެފައިވެއެވެ. ހަނިއްޔާ އަވަހާރަ ކޮށްލީ އީރާނުގެ އައު ރައީސް މަގާމާ ހަވާލުވެވަޑައިގަތުމަށް ބޭއްވި ރަސްމިއްޔާތަށް އެގައުމަށް ވަޑައިގެން ހުންނަވަނިކޮށެވެ.
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި