މޫސުން ގޯސްވެ ކަނޑުތައް ގަދަވުމުގެ ސަބަބުން ކަނޑުމަތީގެ ގިނަ ހާދިސާތަކެއް އިއްޔެ ހިނގައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި މިއަދު ބުނީ މޫސުން ގޯސްވެ، ކަނޑު ގަދަވުމުގެ ސަބަބުން ހިނގި ކަނޑުމަތީގެ 3 ހާދިސާއެއްގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަން އިން މިހާރުވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެމްއެންޑީއެފް އިން ބުނީ އެފަދަ 6 ހާދިސާއެއް ރޭ ވެސް ހިނގާފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް ހާދިސާއެއްގެ ތަފްސީލެއް އެމްއެންޑީއެފް އިން ހިއްސާ ކޮށްފައެއް ނުވެއެވެ.
ކުރިޔަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން މިއަދު ވަނީ ބުނެފައެވެ.
މެޓު އޮފީހުގެ އޮފިޝަލަކު މިއަދު "ހަަތާވީސް" އަށް ވިދާޅުވީ މިއަދު ވެސް އުތުރާއި މެދު ރާއްޖޭގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށެވެ. އެގޮތުން ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ވައި ޖެހެނީ އާދައިގެ ވަރަކަށެވެ. އެއީ 5 މޭލާއި 15 މޭލާ ދެމެދުގައެވެ.
މިހާރު ރާއްޖެ އަށް ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި އެގޮތުން އޮގަސްޓު މަހާއި ސެޕްޓެމްބަރު އަދި އޮކްޓޫބަރު މަހަކީ ރާއްޖެ އަށް ވިއްސާރަ ކުރާނެ ތިން މަސް ކަމަށް މެޓު އޮފީހުގެ އޮފިޝަލު ވިދާޅުވިއެވެ.
ކަނޑުމަގުން އެތެރެކުރި 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި
ނަމާދު ވަގުތަށް ކުޅިވަރު ކުޅުން 20 މިނެޓަށް މެދުކަނޑާލަން އަންގައިފި
ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި