މާލެ ސަރަހައްދާއި ރަށްރަށުގައި ތަރައްގީ ކޮށްފައިވާ ފްލެޓުތަކަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ އެތަންތަން ކުއްޔަށް ދޭ މައްސަލަ ބަލަމުން އަންނަ ކަމަށަ ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ހައުސިން މިނިސްޓްރީން މިރޭ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުންނާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުގެ ދަށުން މާލެ ސަރަހައްދާއި ރަށްރަށުގައި ތަރައްގީ ކޮށްފައިވާ ފްލެޓުތަކުން މަހުން މަހަށް ދައްކަން ޖެހޭ ފައިސާ (އެސްޓިމޭޓެޑް މަންތާލީ އިންވެސްޓްމަންޓު) ގެ 20 ޕަސެންޓު މައާފު ކޮށްދީފައިވާ ކަމަށެވެ.
އެގޮތުން މިދިޔަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މަހުން މަހަށް ދައްކަން ޖެހޭ ފައިސާ ގަވާއިދާ އެއްގޮތަށް ދެއްކުމަށް ފްލެޓުތަކުގެ ވެރި ފަރާތަށް އަންގާފައިވާނެ ކަމަށް ބަޔާނުގައިވެއެވެ.
ނަމަވެސް ގިނަ ފަރާތްތަކުން އަދިވެސް ފައިސާ ނުދައްކާ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ ގަވާއިދުން ފައިސާ ނުދައްކާ ކަނޑައެޅިފައިވާ ގޮތާއި ހިލާފަށް ފްލެޓުތައް ބޭނުންކޮށް، ގަވާއިދާ ހިލާފަށް ފްލެޓަށް ބަދަލު ގެނައުމާއި ކުއްޔަށް ދިނުމާއި ގުޅޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ގަވާއިދާ ހިލާފުވެފައިވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށްވެސް ހައުސިން އިން ނެރެފައިވާ ބަޔާނުގައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
އެއް ފިޔަވަޅެއްވެސް ނޭޅޭނެ ހުސް އަނގަ
ޔަގީންޢަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހިޔާ ފްލެޓްގައި ކުއްޔަށް އުޅެނީ އަސްލު އެ ލިބެންޖެހޭ ހައްގުވެރިންނަށް ވުމަކީ ވެދާނެ ކަމެއްް
މޮހޮދޭމާލަސްވެސް ވެއްޖެ ހައްޤު ވެރިން ބޮޑުކުލީގައި ދެތަންތިންތަން ނަގައިގެން ވިޔަފާރިމުދަލަކަށް ސޯސަލްހައުސިން ޔުނިޓުތައްހަދައިގެން ވިޔަފާރީގައި!!!!
އަލީ