ހުޅުމާލޭ ހާންޖީ ރެސްޓްރެންޓްގައި ބިދޭސީއަކަށް ހަމަލާދީ މަރާލި މައްސަލާގައި ދައުވާ ލިބޭ އެތަނުގެ ޝެފެއް ކަމަށްވާ މުހައްމަދު އާބިދުގެ ޝަރީއަތުގެ އެންމެ ފަހު އަޑުއެހުން އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖައްސައިފި އެވެ.
ހާންޖީ ރެސްޓޯރެންޓްގައި 2022 ވަނަ އަހަރުގެ ރޯދަ މަހު ހިނގި ހަމަނުޖެހުމެއްގައި އެތަނުގައި މަސައްކަތްކުރި ބަންގްލަދޭޝްގެ މީހަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ޕާކިސްތާނުގެ ޝެފެއް ކަމަށްވާ އާބިދުގެ މައްޗަށް ކުރާ ދައުވާގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވީ އެ މައްސަލާގެ ހުލާސާ ބަޔާން ހުށަހަޅައި، އަޑުއެހުންތައް ނިންމާލުމަށެވެ.
ނަމަވެސް ހުލާސާ ބަޔާން ހުށަހެޅުމުގެ ކުރިން ދައުލަތުން އެދުނީ އާބިދުގެ މައްޗަށް އެ ދައުވާ ސާބިތު ނުވިޔަސް އެހެން ކުށެއް ސާބިތުވާ ނަމަ އެގޮތަށް ނިންމައި ދިނުމަށެވެ. އެހެންވެ އެކަމަށް ޖަވާބުދާރީވުމަށް ވަގުތު ބޭނުންވާ ކަމަށް އާބިދުގެ ދިފާއީ ވަކީލް ވިދާޅުވި އެވެ.
އެހެންކަމުން އެކަމާ ބެހޭގޮތުން ވާހަކަ ދެއްކުމާއި ހުލާސާ ބަޔާން ހުށަހެޅުމަށް އަންނަ ހޮނިހިރު ދުވަހު އަޑުއެހުމެއް ބާއްވާން ވަނީ ތާވަލްކޮށްފަ އެވެ.
ހުލާސާ ބަޔާނަށް ފަހު ދެން އޮންނާނީ ހުކުމް އިއްވުމެވެ. އެ މައްސަލާގައި އާބިދު ހައްޔަރުކުރީ އެ ބިދޭސީ މީހާ މަރާލުމަށްފަހު ފިލައިގެން ގޮސް ހުޅުމާލޭ ދެވަނަ ފޭސްގެ އަތިރިމަތީގައި ހުއްޓަ އެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް