މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެންބަރުކަމުގެ މަގާމަށް ދެ ބޭފުޅަކު އިންތިހާބު ކުރައްވައިފިއެވެ.
ހުސްވެފައިވާ މީޑިއާ ކައުންސިލްގެ ދެ މެންބަރުކަމުގެ މަގާމަށް އިންތިހާބު ކުރުމަށް މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ކުރިޔަށް ގެންދިޔަ ވޯޓުގައި އެ މަގާމަށް އިންތިހާބު ކޮށްފައި ވަނީ އާމިނަތު ޒިހާނާ އަދި އާއިޝަތު ހަސަނެވެ. މި ދެ ބޭފުޅުންނަށް ވެސް ލިބިވަޑައިގެންފައި ވަނީ 32 ވޯޓެވެ.
މި އިންތިހާބުގައި ޖުމްލަ ހަ ކެންޑިޑޭޓުން ވާދަ ކޮށްފައިވެއެވެ. އެހެންނަމަވެސް މި ދެ ކެންޑިޑޭޓުންނަށް ފިޔަވާ އެހެން އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ލިބިފައެއް ނުވެއެވެ.
މިއަދު ބޭއްވި މި އިންތިހާބުގައި ވޯޓުލުމަށްޓަކައި 50 މީޑިއާއެއް ރަޖިސްޓްރީ ކުރިއެވެ.
މީޑިއާތައް ރެގިއުލޭޓު ކުރުމަށްޓަކައި ގާނޫނަކުން އުފަން ކޮށްފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުކަމުގެ ދައުރަކީ ދެ އަހަރު ދުވަހެވެ. އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން 2 ދައުރު އަދާ ނުކުރެވޭނެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ