ފެނަކަ ކޯޕަރޭޝަނުން ހުއްޓާލާފައިވާ ޕްރޮޖެކްޓުތަކަށް ނަގާފައިވާ މުވައްޒަފުން ވަކިކުރަން އެ ކުންފުނިންގެ ބޯޑަށް ހުށަހަޅާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ހުސައިން ޒުހުރީ ވިދާޅުވެއްޖެއެވެ.
އެގޮތަށް އެކަން ކުރަން ނިންމީ ކުންފުނީގެ ހަރަދު ކުޑަކުރުމުގެ ގޮތުން ކަމަށް ޒުހުރީ ވިދާޅުވިއެވެ.
ފެނަކަ ކޯޕަރޭޝަނުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޒުހުރީ ވިދާޅުވީ މުވައްޒަފުން އެތަންތަނުން ވަކިކުރުމަށްފަހު، އަމިއްލަ ފަރާތްތަކާ ހަވާލުކޮށްގެން ހުއްޓިފައިވާ ޕްރޮޖެކްޓުތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑު ގަބޫލު ކުރަން ކުންފުނި މިއޮތީ އޯވަ ސްޓާފްވެފައި. އެއާއެކު އަޅުގަނޑުމެންވާނެ ބޯޑަށް ހުށަހަޅާފަ ޕޭޕާއެއް، ކުންފުނި ރައިޓް ސައިޒު ކުރެވޭނެ. އޭގެ ތެރޭގައި ކުންފުނިން ހުއްޓިފައި ހުރި ޕްރޮޖެކްޓުތަކުގެ ސްޓާފުން ދޫކޮށްލައި ޕްރޮޖެކްޓުތައް އައުޓްސޯސްކޮށްގެން މަސައްކަތްކޮށްފިއްޔާ ކުންފުންޏަށް މާ ފައިދާވާނެ ކަމަށް ފެންނާތީވެ، ގޮތަށް އަޅުގަނޑުމެން އޮންނާނެ ހުށަހަޅާފައި،" ޒުހުރީ ވިދާޅުވިއެވެ.
ކުންފުނީގެ ދަރަނި ބޮޑުވެ، ހިންގުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާތީ އެ ކުންފުނިން ހަރަދު ކުޑަކުރުމަށްކޮށްފައިވާ މުހިއްމު ކަންތައްތައް މިއަދުގެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ކިޔައިދީފައިވެއެވެ.
ޒުހުރީ ވިދާޅުވީ ފެނަކައިން އެންމެ ބޮޑަށް ހަރަދު ހިނގާ ކަންކަން ފާހަގަކޮށް، ލޮޖިސްޓިކްސް އާއި ޕްރޮކިއުމަންޓް ޕްރޮސެސްއަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. ހަރަދު ކުޑަކުރުމަށް ގެނައި ބަދަލުގެ ސަބަބުން މިއަހަރުގެ ދެ ވަނަ ކުއާޓަރުގައި އެޕްރީލް، މެއި، ޖޫންގައި ފެނަކައަށް ފައިދާވެފައިވާ 7.4 މިލިއަން ރުފިޔާގެ ފައިދާވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ލޮޖިސްޓިކްސްއަށް ގެނައި ބަދަލަކީ މުދާ އުފުލުމުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ދޯންޏެއް ކުއްޔަން ހިފުން ކަމަށާއި ޕްރޮކިއުމަންޓް ޕްރޮސެސް ހަރުދަނާކޮށްފައިވާ ކަމަށް ޒުހުރީ މިއަދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ކުންފުނީގެ ހަރަދު ކުޑަކުރުމަށް ދުރުމުސްތަގުބަލަށް ވިސްނައިގެން، ސާވިސް ސެންޓަރެއް ތަރައްގީކޮށް، ލޭންޑިން ކްރާފްޓެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ފެނަކައިގެ އާމްދަނީ އިތުރުކުރެވެން އޮތީ ކަރަންޓު ބިލުތައް ބޮޑު ކޮށްގެން ނޫން ކަމަށާއި އެ ކުންފުނިން ކަރަންޓު ބިލުތައް ހަދަމުންދަނީ ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރްއޭ)އިން ކަނޑައަޅާފައިވާ ރޭޓަށް ކަމަށް ޒުހުރީ ވިދާޅުވިއެވެ. ކުންފުނީގެ ހަރަދުތައް ކުޑަކުރެވެން އޮތް ހަމައެކަނި ގޮތަކީ ހަރަދު ކުޑަކުރުން ކަމަށް ތަކުރާރުކޮށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފެނަކައިން ކަރަންޓުގެ ހިދުމަތް ދެމުންދާ 156 ރަށުގެ އިންޖީނުގެތަކުގެ ފުރާޅުގައި ސޯލާ ޖެހުމުގެ ޕްރޮޖެކްޓެއް އެ ކުންފުނިން ޑިޒައިންކޮށްފައިވާ ކަމަށާއި އޭގެ ބޭނުމަކީ ޑީސަލަށް ކުރާ ހަރަދު ކުޑަކުރުން ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އަހަރަކު 19 މިލިއަން ރުފިޔާ ސަލާމަތްވެގެންދާނެ ކަމަށް ޒުހުރީ ވިދާޅުވިއެވެ.
 
		 
										
										 
		 
		 
		 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								 ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ
														
							
								ޗެޓް ޖީޕީޓީ ގޯ އިންޑިއާގައި ހިލޭ								 
		
މިހާރު އެކަކުވެސް ނުކަނޑާނަމޭ ކިޔާފަ އައިސް ކުންފުނިބަނގުރޫޓުކޮއްފިޔޭކިޔާފަ ފާޑެއްގެ މަޑަވެލީ ބތޔކ ގހރޔާކާ އައިސް ނިކަމެތިމީހާޔައްލިބިލިބިހުރިލާރިކޮޅު ފޭރިގެން ތިބެބަނޑުއަޅަނީ މިވަގުންތައް ހުރިހާލުއްޗާތައް ހައްޓަކުހެޔެއްނެއް
އާދަން ވަހީދު މާލެ