މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ގަވަރުނަރުގެ މަގާމަށް އައްޔަން ކުރަން މަޖިލީހުގެ ލަފައަކަށް އެދި ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ އަހްމަދު މުނައްވަރު އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މަޖިލިހުގައި މިއަދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 78 މެމްބަރުން ވެސް ވޯޓު ދެއްވީ އެ މަގާމަށް މުނައްވަރު އައްޔަން ކުރަން ފެންނަ ކަމަށް ރައީސަށް ލަފާ ދެއްވުމަށެވެ.
އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުގައި ހުންނެވި އަލީ ހާޝިމް އެ މަގާމުން ވަކި ކުރުމުގެ ލަފާ ރައީސުލްޖުމްހޫރިއްޔާ އަށް އެރުވުމަށް މަޖިލީހުން ފާސް ކުރުމުން އަލީ ހާޝިމް އެ މަގާމުން ވަކި ކުރައްވާ، އެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ ފަހުކޮޅު ފިނޭންސް މިނިސްޓަރު އަދި މި ސަރުކާރުގެ އެޑްވައިޒާ ޓު ދަ މިނިސްޓާ އޮފް ފައިނޭންސް މުނައްވަރުގެ ނަމެވެ.
މުނައްވަރުގެ ނަން ދިރާސާ ކުރި މާލިއްޔަތު ކޮމެޓީގެ ރިޕޯޓުގައި ބުނެފައި ވަނީ އެ ކޮމެޓީން މުނައްވަރާ ކުރެއްވި އިންޓަވިއު އިން ފާސްވެފައިވާ ކަމަށެވެ. އެގޮތުން 100 އިން 94.73 ޕަސެންޓު މުނައްވަރަށް ލިބިވަޑައިގެންފައިވާ ކަމަށް ކޮމެޓީގެ ރިޕޯޓުގައިވެއެވެ. ކޮމެޓީ ރިޕޯޓުން ފެންނަ ގޮތުގައި މުނައްވަރަށް 100 ޕަސެންޓު ދެއްވާފައި ވަނީ ހަތަރު މަޖިލިސް މެންބަރެކެވެ. ބާކީ ތިއްބެވި ގިނަ މެންބަރުން ވެސް މުނައްވަރަށް 90 ޕަސެންޓަށްވުރެ ގިނައިން މާކްސް ދެއްވާފައިވެއެވެ.
މުނައްވަރު އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އައްޔަން ކުރަން ރައީސް މުއިއްޒަށް ލަފާ ދޭން މާލިއްޔަތު ކޮމެޓީން ފާސްކުރީ ކޮމެޓީ އަށް ހާޒިރުވެވަޑައިގެންނެވި 9 މެންބަރުންގެ އިއްތިފާގުން ކަމަށްވެސް ކޮމެޓީ ރިޕޯޓުގައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ