އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގުގެ ބަޔޯގްރަފީ ފޮތް، ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރެދެއްވައިފިއެވެ.
"ގޮތުގައި" މި ނަމުގައި ނޫސްވެރިޔާ އަހްމަދު ސާއިލް އަލީ ލިޔެފައިވާ މި ފޮތް ނެރެދެއްވާފައި ވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައެވެ. ފުއާދުގެ ފަރާތްޕުޅުން އެ ފޮތް ވަނީ ރައީސަށް ހަދިޔާ ވެސް ކުރައްވަވާފައެވެ.
ސަތޭކަ ނުވަދިހަ ސަފުހާގެ މި ފޮތުގައި، ގައުމީ ހިދުމަތްތެރިޔާ ފުއާދުގެ ޒާތީ ހަޔާތާއި، މަސައްކަތުގެ ހަޔާތުގެ ހުރިހާ ވާހަކަތަކެއް ތަފުސީލާއެކު ހިމަނާފައިވެއެވެ. އެގޮތުން ރާއްޖެއަށް އަލަށް ކޮމްޕިއުޓަރު ގެނެސްގެން، އޭގެ ބޭނުންކޮށްގެން ފުއާދު އިސްވެ ހުންނަވައި ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ގެންދެވި ދުވަސްވަރުން ފެށިގެން ސާކް ޖަމިއްޔާގެ ސެކްރެޓޭރިއޭޓުގައި ވަޒީފާ އަދާކުރެއްވި ދުވަސްވަރުގެ ވާހަކަތައް މި ފޮތުގައި ހިމަނާފައިވެއެވެ.
މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުގައި ފުއާދު ކުރެއްވި އާދަޔާ ހިލާފު މަސައްކަތްތަކާއި، ތަޖުރިބާތައްވެސް މި ފޮތުގައި ހިމެނެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ