ރާއްޖެ އާއި އީރާނާ ދެމެދު ސިޔާސީ ގުޅުން ކަނޑާލައި، އެ ގުޅުން އަލުން ގާއިމްކުރި ފަހުން ރާއްޖޭގެ އިސްވެރިޔަކު އެގައުމަށް ވަޑައިގެންފިއެވެ.
އީރާނުގެ އިންތިހާބީ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވަނީ މިއަދު އީރާނަށް ވަޑައިގެންފައެވެ.
އީރާނުގެ ރައީސްކަމަށް އިންތިހާބުވެވަޑައިގެންފައިވާ ޑރ. މަސްއޫދު ޕެޒެޝްކިއާން މަގާމުގެ ހުވައި ކުރެއްވުމަށް ބާއްވަވާ ރަސްމިއްޔާތު އޮތީ މާދަމާގެ ވަގުތެއްގައެވެ.
ނައިބު ރައީސް ހުސައިން އަށް އީރާނުގެ އިމާމް ހުމައިނީ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ އީރާނުގެ އިސްލާމިކް ކޮންސަލްޓޭޓިވް އެސެމްބްލީގެ ޑެޕިއުޓީ ސްޕީކަރު އަލާއުއްދިން ބުރޫޖަރްދީއެވެ.
އީރާނާއެކު އެންމެ ފުރަތަމަ ރާއްޖެ އިން ސިޔާސީ ގުޅުން ގާއިމްކުރީ 1975ވަނަ އަހަރުގެ ޖޫން މަހުގެ ދެވަނަ ދުވަހުއެވެ. އެހެންނަމަވެސް އަރަބި ގަލްފު ސަރަހައްދުގެ ހަމަޖެހުމާއި ސުލްހަ ދެމެހެއްޓުމަށް 2016ވަނަ އަހަރު ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އީރާނާއެކު އޮތް ސިޔާސީ ކަނޑާލިއެވެ.
އެއަށްފަހު އަލުން އެ ގުޅުން ގާއިމްކުރީ 2023 މާރިޗް 30 ގައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ