މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ގަވަރުނަރުގެ މަގާމަށް އައްޔަން ކުރަން މަޖިލީހުގެ ލަފައަކަށް އެދި ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ އަހްމަދު މުނައްވަރު އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް މާލިއްޔަތު ކޮމެޓީން ފާސްކޮށްފިއެވެ.
އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުގައި ހުންނެވި އަލީ ހާޝިމް އެ މަގާމުން ވަކި ކުރުމުގެ ލަފާ ރައީސުލްޖުމްހޫރިއްޔާ އަށް އެރުވުމަށް މަޖިލީހުން ފާސް ކުރުމުން އަލީ ހާޝިމް އެ މަގާމުން ވަކި ކުރައްވާ، އެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ ފަހުކޮޅު ފިނޭންސް މިނިސްޓަރު އަދި މި ސަރުކާރުގެ އެޑްވައިޒާ ޓު ދަ މިނިސްޓާ އޮފް ފައިނޭންސް މުނައްވަރުގެ ނަން މަޖިލީހަށް ފޮނުއްވައިފައެވެ.
މާލިއްޔަތު ކޮމެޓީން އަންނަނީ މުނައްވަރުގެ ނަން ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އޭނާއާ މެދު އާއްމުން ދެކޭ ގޮތް ބަޔާން ކުރުމަށް އާއްމުންގެ ހިޔާލަށް ވެސް ހުޅުވާލިއެވެ. އަދި މިއަދު މާލިއްޔަތު ކޮމެޓީން ވަނީ މުނައްވަރާ އިންޓަވިއު ކުރައްވައިފައެވެ.
މާލިއްޔަތު ކޮމެޓީގެ ރިޕޯޓުގައި ބުނެފައި ވަނީ އެ ކޮމެޓީން މުނައްވަރާ ކުރެއްވި އިންޓަވިއު އިން ފާސްވެފައިވާ ކަމަށެވެ. އެގޮތުން 100 އިން 94.73 ޕަސެންޓު މުނައްވަރަށް ލިބިވަޑައިގެންފައިވާ ކަމަށް ކޮމެޓީގެ ރިޕޯޓުގައިވެއެވެ. ކޮމެޓީ ރިޕޯޓުން ފެންނަ ގޮތުގައި މުނައްވަރަށް 100 ޕަސެންޓު ދެއްވާފައި ވަނީ ހަތަރު މަޖިލިސް މެންބަރެކެވެ. ބާކީ ތިއްބެވި ގިނަ މެންބަރުން ވެސް މުނައްވަރަށް 90 ޕަސެންޓަށްވުރެ ގިނައިން މާކްސް ދެއްވާފައިވެއެވެ.
މުނައްވަރު އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އައްޔަން ކުރަން ރައީސް މުއިއްޒަށް ލަފާ ދޭން މާލިއްޔަތު ކޮމެޓީން ފާސްކުރީ ކޮމެޓީ އަށް ހާޒިރުވެވަޑައިގެންނެވި 9 މެންބަރުންގެ އިއްތިފާގުން ކަމަށްވެސް ކޮމެޓީ ރިޕޯޓުގައިވެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ