ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް އަވައްޓެރި އިންޑިއާ އަށް ފުރާވަޑައިގެންފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މިނިސްޓަރު ފައިސަލް މިއަދު އިންޑިއާ އަށް ފުރާވަޑައިގަތީ އެގައުމުގެ ވެރިރަށް ނިއުދިއްލީގައި ކުރިޔަށްދާ ރޯޑްޝޯ އަކަށް ކަމަށެވެ. ނަމަވެސް ދަތުރުފުޅުގެ މާބޮޑު ތަފްސީލެއް އެ މިނިސްޓްރީން ހިއްސާ ކޮށްފައެއް ނުވެއެވެ.
އަރަބިއަން ޓްރެވަލް މާކެޓު (އޭޓީއެމް) ފެެއާގެ ތެރެއިން މީގެކުރިން ބޭރުގެ މީޑިއާ އަކަށް ދެއްވި އިންޓަވިއުއެއްގައި ވެސް މިނިސްޓަރު ފައިސަލް ވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ހިއްސާ އަކަށް އަވަށްޓެރި އިންޑިއާވުމަށް އެދިވަޑައިގެންފައެވެ.
"އަޅުގަނޑުމެންގެ ސަރުކާރުންވެސް ބޭނުންވަނީ [އިންޑިއާއާއެކު] މަސައްކަތް ކުރަން. އަޅުގަނޑުމެން އަބަދުވެސް ޕްރޮމޯޓް ކުރަނީ ސުލްހަމަސަލަސްކަމާއި އެކުވެރި މާހައުލެއް. އަޅުގަނޑުމެންގެ ރައްޔިތުންނާއި ސަރުކާރުން އިންޑިޔާގެ ފަތުރުވެރިންނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާނެ،" މިނިސްޓަރު ފައިސަލް މީގެކުރިން ވިދާޅުވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިންޑިއާގައި އިޝްތިހާރު ކުރުމަށްޓަކައި، މިނިސްޓަރު ފައިސަލް އިންޑިއާ އަށް ފުރާވަޑައިގެންފައި މިވަނީ އެގައުމުން ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށްވަމުން އަންނަ ދަނޑިވަޅެއްގައެވެ.
އިންޑިއާ އިން އަންނަ ފަތުރުވެރިންގެ އަދަދު މިހާ ބޮޑަށް ދަށަށް ދިޔައީ މި ސަރުކާރަށް ނިސްބަތްވާ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ބަދުބަސް ބުނި މައްސަލާގައި ރާއްޖެ ބޮއިކޮޓު ކުރުމަށް އެގައުމުގެ ބައެއް ރައްޔިތުން ގޮވާލަން ފެށުމުންނެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
އުއްމީދު ކުރަން ކޯޗެއް މެދުވެރިކޮށް އިގިރޭސި ބަހުން ރަގަޅަށް ވާހަކަ ދައްކާނެކަމަށް
ش