ނިމިދިޔަ ސަރުކާރުން އިމާރާތްކޮށްފައިވާ 4،000 ފްލެޓަށް ކުރިމަތިލި ފަރާތްތަކުގެ "ފްލެޓް ލިސްޓް" ބާތިލު ނުކުރައްވާނެ ކަމަށާއި ނަމަވެސް ފްލެޓު ލިސްޓު ރީއިވެލިއުއޭޓް ކުރައްވާނެ ކަމަށް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. ޢަލީ ޙައިދަރު އަޙްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށްދާ ޕެޓިޝަން ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ ފްލެޓް ދިނުމުގައި ދިރިއުޅުމުގެ ހާލަތު ބަލާނެ ކަމަށާއި އެކަން ކުރާނީ ރަސްމީ ލިޔުންތަކަށް ބެލުމަށްފަހު ކަމަށެވެ.
"އަޅުގަނޑުމެން ގަސްތެއް ނުކުރަން ލިސްޓު އުވާލާކަށް. އަޅުގަނޑުމެން ރީއިވެލިއުއޭޓްކޮށްގެން ކުރިއަށް ގެންދާނަން،" މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.
މިނިސްޓަރު ހައިދަރު ވިދާޅުވީ ފްލެޓް ލިސްޓު ބާތިލު ނުކުރައްވާނެ ކަމަށާއި އެ މިނިސްޓްރީން ނިންމާފައި ވަނީ ބޯހިޔާވަހިކަން އެންމެ ބޮޑަށް ބޭނުންވެފައި ތިބި، ފަރާތްތަކަށް ފްލެޓް ލިބޭނެ ގޮތަށް ފްލެޓް ލިސްޓު ރީ-އިވެލިއުއޭޓް ކުރެއްވުމަށް ކަމަށެވެ. އެ މަސައްކަތް ކުރުމަށް މިނިސްޓްރީގެ ތެރެއިން ޓީމެއް އެކުލަވާލައްވާނެ ކަމަށާއި ފްލެޓަށް ކުރިމަތިލި ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ބަލާނީ ލިބެންހުރި ރަސްމީ މައުލުމާތަށް ބިނާކޮށް ކަމަށެވެ.
ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓު އާންމު ކުރައްވާނީ ކޮންއިރަކުންތޯ މެމްބަރުން ސުވާލު ކުރެއްވުމުން، މިނިސްޓަރު ވިދާޅުވީ ފްލެޓުތައް އިމާރާތްކޮށް ނިމޭއިރަށް ފައިނަލް ލިސްޓު އާންމު ކުރައްވާނެ ކަމަށެވެ.
ތިރީސް ދެ ޓަވަރުގެ ތެރެއިން، ހަ ޓަވަރު މި އަހަރުގެ އޮކްޓޫބަރު މަހަށް ނިމޭނެ ކަމަށާއި އެހާތަނަށް ފައިނަލް ލިސްޓު އާންމު ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުން އެކުލަވާލި ފްލެޓް ލިސްޓަށް ފްލެޓް ދިނުން ހުއްޓުވާލީ އޭސީސީން އެކަން ހުއްޓުވުމުންނެވެ. އޭސީސީން ބުނެފައި ވަނީ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ.
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު
ފުލެޓު ހިފަހައްޓާގެން އުޅެނީ ކޮން ރަށެއްގެ ކާކުކަން ރައްޔިތުންނަށް އެނގޭ
އިއްބެ