ފަޅު އިމާރާތެއްގެ ގޮތުގައި ހުރި "އޯކިޑު ޕްލާޒާ"ގައި އަލިފާން ރޯވި މައްސަލާގައި ބައެއް މީހުން ހައްޔަރުކުރިކަން "ހަތާވީސް"އަށް އެނގިއްޖެއެވެ.
އެނގިފައިވާ ގޮތުގައި އެ މީހުން ހައްޔަރު ކުރީ "އޯކިޑު ޕްލާޒާ" ތެރެއިންނެވެ. ތިން ބުރިއަށް އިމާރާތްކޮށްފައިވާ ސަރުކާރުގެ ކުރީގެ ޝިޕިން ކުންފުނި، މޯލްޑިވްސް ނެޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންއެސްއެލް)ގެ އެ އިމާރާތުގައި މީގެ ކުރިން ދެ ފަހަރެއްގެ މަތިން އަލިފާން ރޯވިއެވެ.
އެތަނުން ހައްޔަރު ކުރީ މަސްތުވާތަކެތި ބޭނުންކުރަން އެތަނަށް ވަދެ ތިބި ބައެއްކަން އެނގިފައިވެއެވެ.
އެތަނުން ހައްޔަރު ކުރި މީހުންނާ ބެހޭ ގޮތުން ފުލުހުންނާ ސުވާލު ކުރުމުން އަދި ޖަވާބެއް ނުލިބެއެވެ.
އެ އިމާރާތަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުން އާންމުކޮށް ވަދެނުކުމެ ހަދާތަނެއް ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ އާންމުން ބުންޏެވެ.
"ހަތާވީސް"އާ ވާހަކަ ދައްކަވަމުން މާފަންނު ދެކުނު ދާއިރާގެ މެމްބަރު ރިފާއު ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުން އެތަނަށް ވަދެނުކުމެ ހަދާތީ، އެކަމުގެ ޝަކުވާ ސަރުކާރުގެ އިދާރާތަކަށްކޮށްފައިވާ ކަމަށެވެ.
އޯކިޑް ޕްލާޒާގައި ފަތިހު ރޯވި އަލިފާން ނިއްވާލީ މިއަދު އިރުއެރިފަހުންނެވެ. ކުންޏާއި ދުވަސްވީ ސާމާނުތަކުން ގޮނޑުވެފައިވާ އެތަނުގައި އަލިފާން ރޯވުމުން، ކައިރި ގެތަކުން ރޭ ފަތިހު މީހުން ހުސް ވެސްކުރިއެވެ. ނަމަވެސް އަލިފާން ކޮންޓްރޯލް ކުރެވުމުން އެ މީހުން ވަނީ ގެތަކަށް ވައްދާފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ