ހުޅުމާލޭގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުން ދިޔަ ގިނަ އަދަދެއްގެ ބިދޭސީންތަކެއް އަތުލައިގެންފިއެވެ.
މިކަމުގެ މައުލޫމާތު އިމިގްރޭޝަނާ ހިއްސާ ކޮށްފައި ވަނީ ސޯޝަލް މީޑިއާގެ ޒަރީއާއިންނެވެ. އިމިގްރޭޝަނުން މިރޭ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ހުޅުމާލެ އިން ރޭ ތިން ބުރީގެ އިމާރާތެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އެތަނުގައި ކާބޯތަކެތީގެ ވިޔަފާރިކޮށް ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުން ދިޔަ ބިދޭސީންތަކެއް އަތުލައިގެންފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން މައުލޫމާތު ދިން ގޮތުގައި އެތަނުން 22 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.
އެތަނަކީ ދިވެހި އަންހެނަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީ ފިރިހެނަކާއި ގުޅުން އޮތް ތަނެއް ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ. އަދި އެ މައްސަލަ އިމިގްރޭޝަނުން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.
އެ އިދާރާ އިން ބުނީ ރޭ ހިންގި އޮޕަރޭޝަނަކީ މިހާތަނަށް ހުޅުމާލޭގައި ހިންގުނު އެންމެ ބޮޑު އެއް އޮޕަރޭޝަން ކަމަށެވެ.
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
މަޝްރޫއުތައް ނިންމަން މިނިސްޓްރީތަކުގައި ހާއްސަ ޔުނިޓެއް
އިންޑަސް ކޭޗްމަންޓް ސަރަޙައްދުގެ ފެނުގެ ބަހުސް އަލުން ވަޒަންކުރުން