ރާއްޖެ އެތެރެވި ޕާކިސްތާނު މީހެއްގެ އަތުން ދެ ކިލޯގެ ހިރޮއިން އަތުލައިގެންފިއެވެ.
އިސްކަންދަރު ކޮށީގައި ފުލުހުންނާއި ކަސްޓަމްސްގެ އިސްވެރިން ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް މުހައްމަދު ވަހީދު ވިދާޅުވީ އެމީހާ އަކީ އަބޫދާބި މަގުން ރާއްޖެ އައި މީހެއް ކަމަށެވެ. މިދިޔަ ބުދަ ދުވަހު ރާއްޖެ އައި އެ މީހާގެ ލަގެޖުން 2.12 ކިލޯގެ ހިރޮއިން ފެނިފައިވެއެވެ.
އެ މައްސަލައިގެ ޕާކިސްތާނު މީހާގެ އިތުރުން ތުހުމަތު ކުރެވޭ ދެ ދިވެއްސަކު ވަނީ ހައްޔަރު ކޮށްފައެވެ. އެ ދެ މީހުންނަކީ އުމުރުން 25 އަހަރާއި 45 އަހަރާއި ދެމެދުގެ މީހުންނެވެ. އަދި އެމީހުން ބަންދުގެ މުއްދަތަށް 15 ދުވަސް ކޯޓުން ވަނީ ޖަހައި ދީފައެވެ.
ފުލުހުން ބުނީ މިހާތަނަށް ހައްޔަރު ކޮށްފައިވާ ދެ ދިވެހިންގެ އިތުރުން ވެސް އިތުރު ބަޔަކު މިކަމުގައި ޝާމިލުވާ ކަމަށް ބެލެވޭ ކަމަށެވެ.
ކަސްޓަމްސްގެ ހެޑް އޮފް އިންޓެލިޖެންސް މުހައްމަދު އަފްޒަލް ވިދާޅުވީ ޕާކިސްތާނު މީހާގެ އަތުން ފެނުނު މަސްތުވާތަކެތީގެ މަގުމަތީ އަގު ދެ މިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ