މާލޭގައި ގެއަކަށް ވަދެ މީހަކު ބަރަހަނާ ކުރުމަށްފަހު ފޭރިއްޖެއެވެ.
އެކަމާއި ގުޅިގެން ފުލުހުން މިރޭ ބުނީ މި މަހުގެ 24 ވަނަ ދުވަހު މާލޭގެ ގެޔަކަަށް މީހަކު ވައްދާ ބަރަހަނާކޮށް ބިރުދައްކައިގެން ކޭޝް ކާޑުގެ ޕިން ހޯދުމަށް ފަހު އެކައުންޓުގައިވާ ފައިސާ ފޭރުނުގެ މައްސަލައެއް ހުށަހެޅި ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ދެ މީހަކު ވަނީ ހައްޔަރު ކޮށްފައިވާ ކަމަށާއި ހައްޔަރު ކޮށްފައި ވަނީ އުމުރުން 26 އަހަރާއި 35 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށްވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އެކަކުގެ ބަންދަަށް 30 ދުވަސް އަނެއް މީހާގެ ބަންދަށް 60 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ