ދިވެހިރާއްޖޭގެ 59ވަނަ މިނިވަން ދުވަހާ ގުޅިގެން މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ އެމްއެންޑީއެފްގެ ޝަރަފުގެ ހިނގާލުން ކެންސަލް ކޮށްފިއެވެ.
ޝަރަފުގެ ހިނގާލުން ކެންސަލް ކޮށްފައި މިވަނީ މޫސުން ގޯސްވުމާއި ގުޅިގެންނެވެ. ޝަރަފުގެ ހިނގާލުން އެމްއެންޑީއެފް އިން ބާއްވަން ނިންމާފައި އޮތީ ހުޅުމާލޭގައި މިއަދު ހަވީރު 16:00 އިން ފެށިގެން 18:00 އަށެވެ.
އެމްއެންޑީއެފްގެ ޝަރަފުގެ ހިނގާލުން ކެންސަލް ކުރުމާއި ގުޅިގެން މިއަދު ހަވީރު މާލެ ސަރަހައްދުގައި ހިނގާފައި އުޅެން ކަނޑައެޅި ވަގުތު ވެސް ވަނީ ނިމުމަކަށް ގެނެސްފައެވެ.
މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ނުބާއްވާ ގޮތަށް ސަރުކާރުން ވަނީ ނިންމައިފައެވެ. އެކަން އެގޮތަށް ކުރަން ނިންމީ ރާއްޖޭގެ އިގްތިސޯދީ ހާލަތާ ގުޅިގެންނެވެ.
އެގޮތުން މިނިވަން ދުވަހަށް ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށާއި، ހަމައެކަނި މިނިވަން ދުވަސް ފާހަގަކުރުމަށް ޖަލްސާއެއް ބާއްވާ ހަރަދުތައް އެތައް ގުނައަކުން ކުޑަކުރުމަށް ކަމާބެހޭ ފަރާތްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގާފައެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް