ކޮޅު ނެތް ކޮޅުގެ މިނިވަންކަމެއް ދެމެހެއްޓޭނީ ބޭރުގެ ދަރަނިތަކުން ސަލާމަތްވުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ 59ވަނަ މިނިވަން ދުވަހާ ގުޅިގެން ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ކޮޅު ނެތް ކޮޅުގެ މިނިވަން ކަމެއް ރާއްޖެ އަށް ދެމެހެއްޓޭނީ ބޭރުގެ ދަރަނީން ސަލާމަތްވެ، ތިބެގެން ކަމަށެވެ.
ނަޝީދު ވިދާޅުވީ ދަރަނި ނެތި އުޅުމުގެ ސަބަބުން ސަރުކާރުން ދޭ އެތައް ހިދުމަތަކުން މަހްރޫމް ވާނެ ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނު ވަނީ ބުއްދިވެރިކަން އިސް ކުރުން މުހިއްމު ކަމަށް ވިދާޅުވެފައެވެ.
ރާއްޖޭގެ އިގްތިސޯދީ ހާލަތު އޮތް ގޮތުން ހަރަދު ކުޑަ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ މުހިއްމު ފިޔަވަޅުތަކެއް އެޅުމަށް ނިންމަވައިފައެވެ.
އޭގެ ތެރޭގައި، ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ހަފްލާތަކަށް ކުރާ ހަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނެވެ.
އެމަނިކުފާނު ވަނީ މިނިވަން ދުވަހަށް ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށާއި، ހަމައެކަނި މިނިވަން ދުވަސް ފާހަގަކުރުމަށް ޖަލްސާއެއް ބާއްވާ ހަރަދުތައް އެތައް ގުނައަކުން ކުޑަކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައެވެ.
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި