އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނު މަހާވަރް ، ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމާ ބައްދަލުކުރައްވައިފިއެވެ.
ރައްޔިތުން މަޖިލީހުގެ އިދާރާގައި މިއަދު އޮތް އެ ބައްދަލުކުރެއްވުމުގައި މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމްގެ އިތުރުން ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ބައްދަލުކުރެއްވުމުގައި ދެކެވުނު ވާހަކަތަކުގެ ތަފްސީލެއް މަޖިލިސް އިދާރާ އިން ހިއްސާ ކޮށްފައެއް ނުވެއެވެ.
އިންޑިއާ ސަފީރު، މަޖިލީހުގެ ރައީސާ ބައްދަލުކުރެއްވިއިރު އިންޑިއާގެ ބަޖެޓުން މީގެކުރިން ރާއްޖެ އަށް ދެމުން ދިޔަ އެހީ ކުޑަ ކުރުމަށް، އެގައުމުގެ އައު ބަޖެޓުގައި ވަނީ ހިމަނައިފައެވެ.
އިންޑިއާ އިން ރާއްޖެ އަށް ދޭ އެހީ ކުޑަ ކޮށްފައި މިވަނީ މި ސަރުކާރު ވެރިކަމަށް އައިތާ ކައިރީގައި ސަރުކާރަށް ނިސްބަތްވާ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ބަދުބަސް ބުނި މައްސަލާގައި ދެގައުމުގެ ގުޅުމަށް ހީނަރުކަން އައިސްފައި ވަނިކޮށެވެ.
އެ ގުޅުން ހަރުދަނާ ކުރުމަށް ދެގައުމުގެ އިސްވެރިން ވެސް ބައްދަލުކޮށް މަޝްވަރާ ކޮށްފައިވާއިރު ތިންވަނަ ދައުރަކަށް މޯދީ ބޮޑުވަޒީރު ކަމަށް ހުވާ ކުރަން އޮތް ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި މޯދީއާ ބައްދަލުކުރައްވާ ދެގައުމުގެ ގުޅުން ހަރުދަނާ ކުރުމަށް މަޝްވަރާ ކުރެއްވިއެވެ.
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ
މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލް މި ދައުރު މަޖިލީހަށް ހުށަހަޅާނެ
ރައްޔިތުން މަޖިލީހުގެ ވަކި ޕަސެންޓެއް ޒުވާނުންނަށް ހާއްސަކުރަނީ
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ
އައްޗީޑި މުޑުދާރު ދޮގުވެރިން ވެރިކަމުގައި
ހުދާ