މާލެ ސަރަހައްދުގެ ބްރިޖާއި ހައިވޭތައް ބޭނުންކުރާ އުޅަނދުތަކުން ޓޯލް ފީއެއް ނެގުމަށް ސަރުކާރުން ނިންމައިފިއެވެ.
ސަރުކާރުން އެކަން ނިންމިކަން އިއުލާކުރީ ޓްރާންސްޕޯޓް މިނިސްޓްރީން އިއުލާންކުރި "މާލެ ފަހި" ޕްރޮގްރާމް އިފްތިތާހު ކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒާއި ކެބިނެޓް ވަޒީރުން ބައިވެރިވެވަޑައިގެންނެވި އެ ހަފްލާގައި އާންމުކުރި ވީޑިއޯ ޕްރެޒެންޓޭޝަނެއްގައި ބުނެފައި ވަނީ "ޓޯލް ފީ" ތައާރަފް ކުރުމަކީ އެ ޕްލޭންގައި ހިމެނޭ މުހިއްމު ކަމެއް ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ބްރިޖާއި ހައިވޭފަދަ ތަންތަން ބެލެހެއްޓޭނީ އެފަދަ ފީއެއް ނަގައިގެން ކަމަށް ވީޑިއޯ ރިޕޯޓުގައި ބުނެފައިވެއެވެ.
"ބްރިޖާއި ހައިވޭފަދަ ތަންތަން ބެލެހެއްޓުމަށް ކަމާގުޅުން ހުރި ދައުލަތުގެ ހުރިހާ އިދާރާތަކާ މަޝްވަރާކުރުމަށްފަހު ޓޯލް ފީ ކަނޑައަޅައި ތަންފީޒު ކުރުމާ ގުޅޭ ނިޒާމެއް ކަނޑައެޅުމާ ގުޅޭ ގޮތުން ހަދަންޖެހޭ ދިރާސާތައް ހެދުމުގެ މަސައްކަތް ކުރިއަށް އޮތް އޮގަސްޓްމަހުގެ ތެރޭގައި ފެށޭނެ،" ވީޑިއޯ ރިޕޯޓުގައިބުނެފައިވެއެވެ.
ސިނަމާލެ ބްރިޖު، އޮގަސްޓް 31، 2018ގައި ބޭނުންކުރަން ފެށި ފަހުން ވޭތުވެދިޔަ ހަ އަހަރު ދުވަހުގެ ތެރޭގައި ވެސް ޓޯލް ފީއެއް ނަގާފައިނުވެއެވެ. ބްރިޖު ބެލެހެއްޓުމުގެ މަސައްކަތް ކުރަނީ ޗައިނާއިންނެވެ.
ސިނަމާލެއިން ތިލަމާލެއަށް: ބިޔަ އިންޖިނިއަރިންގެ އިންގިލާބެއް
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
ބޭރު ތަންތަނުގަ ބްރިޖާ ހައިވޭއިން ޓޯލް ނަގާއިރު ހައިވޭ ތަކުންނދަތުރުނުކުރެވޭ ނިކަމެތި މީހާއަށް ހިލޭ ދެވޭނެނއެހެން މަގެއް އޮވޭ. ހުޅުމާލެއަށް ދެވޭނެނއިތިެުމަގެއ ނެތް. މާނައަކީ.މާލޭގެބސްކޫލަކަށް ހަތަރު ދަރިން ވައްދާ މީހާ ކޮންމެ ދަތުރެއްގަ އަފި އޭނާ އޮގީހަށްދާ ދަތުުރުގަވެސް ޓޯލް ފީނދައްކާނޭ. ދެން ެޭނަ އެހެންކަމެއްކުރާނެނލާރިއެއް ނޯންމާނެ ސިވިލް ސަރވެންޓެެްގެ ގެއަށް ގެންދާ މުސާރައަކީ ހައެއްކަ ހަތެއްކަހާސް.
ބާބިލްމާލެ އާ ހުޅުމާލެއިން މީހުން މަދުނުކޮށް އެތާ ދުއްވާ ވެހިކަލްތައް މަދުކުރާނެ ގޮތެއް ނުވިސްނޭ ..... ސޮރީ ފޯދި ކޮމެންޓް ،.،.
ބުރާންތިޔާމީން އަދި އިބޫވެސް މެނޭޖް ކުރީ ރައްޔިތުން ފެލާނުލައި، ކައްޒާބު މިއޮއް ގެން ފޭލިވީ
ހިޔަލަ ޕެޔާ