އިދިކޮޅު އެމްޑީޕީގެ ނައިބު ރައީސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ ކުރީގެ މެމްބަރު ހިސާން ހުސައިން އައްޔަންކޮށްފިއެވެ.
އެމްޑީޕީއަށް ހިދުމަތްކުރާތާ 17 އަހަރުވެފައިވާ ހިސާން އެ ޕާޓީގެ ނައިބު ރައީސް ކަމަށް އައްޔަންކޮށްފައި ވަނީ މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގަ އެވެ.
ޕާޓީގެ ރައީސް ކަމަށް ހިސާން އައްޔަން ކުރެއްވުމަށް ގައުމީ މަޖިލީހަށް ހުށަހެޅުއްވީ އެ ޕާޓީގެ ރައީސް ޝާހިދެވެ.
އޭނާ 2012 ވަނަ އަހަރު އެ ޕާޓީގެ ލީގަލް ޑިރެކްޓަރުގެ މަގާމް އަދާކުރައްވަން ފެށި ފަހުން މިއަދާހަމައަށް ވަނީ ގާނޫނީ ގޮތުން ޕާޓީތައް ގިނަ ހިދުމަތްތަކެއް ކުރައްވާފައެވެ. އެގޮތުން 2012 ވަނަ އަހަރުން 2018 ވަނަ އަހަރަށް ޕާޓީގެ އާންމު މެމްބަރުންނާއި އިސްވެރިން ޖަލަށްލި މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ފޯރުކޮށްދެއްވިއެވެ.
ހިސާނަކީ ނިމިދިޔަ ފަސް އަހަރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސެވެ. އޭނާ އަކީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލްގެ އަނބިކަނބަލުންނެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
އެމްޑީޕީ މިހާރު އޮއެއްހާލަތައްވުރެވެސް ދަށުދަރަޖައަކައް ދުއްވާލާނެ ކަތުރުފަންޏެއް ނަގާމަތިފަޑިމައްޗައް ތިއަލެވުނީ ދެން ދުއްވާލާނީ ކާކު ކަމެއްވެސް ނޭނގޭ ވިސްނާގެން ތިއްބަވާތި
އަދުރޭ