ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލަ އަވަހަށް ކުރިއަށް ގެންދެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުން ގަވާއިދަށް ކުރިން ގެނައި އިސްލާހުތައް އުވާލައި, އެ މަރުހަލާ ދިގުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މިދިޔަ 19 ވަނަ މަޖިލީހުން ހެދި މަޖިލީހުގެ ގަވައިދު ހެދީ ރައީސް ނުވަތަ ނައިބު ރައީސް ވަކިކުރަން ހުށަހަޅާ މައްސަލަ ތަހުގީގު ކުރާ ކޮމިޓީން ގިނަ ވެގެން ފަސް ދުވަސް ތެރޭގައި އެ މައްސަލަ ބަލައި ގޮތެއް ނިންމަން ޖެހޭ ގޮތަށް އެވެ. އަދި ކޮމިޓީ އަށް އެ މައްސަލާގައި އެއްވެސް މީހަކު ހާޒިރު ކުރާނަމަ ދެ ގަޑިއިރުގެ ނޯޓިސްއެއް ދޭން ޖެހޭ ގޮތަށެވެ. އަދި ކޮމެޓީގެ ބައްދަލުވުމަށް ވެސް އޭރު އޮންނަ ގޮތުން ދޭން ޖެހެނީ ހަ ގަޑިއިރުގެ ނޯޓިސްއެކެވެ.
ނަމަވެސް މަޖިލީހުގެ ގަވާއިދަށް އާންމު ކޮމެޓީން ގެނައި އިސްލާހުތަކުގައިވަނީ ރައީސާއި ނައިބު ރައީސް ވަކިކުރުމުގެ މައްސަލަ ތަހުގީގުކުރާ ކޮމެޓީން ގޮތެއް ނިންމަންޖެހޭ މުއްދަތު 10 ދުވަހަށް ބަދަލުކޮށް, އަދި ކޮމެޓީއަށް ހާޒިރުކުރަން ދޭންޖެހޭ ނޯޓިސް ފަސް ދުވަހުގެ ނޯޓިހަކަށް ބަދަލުކޮށްފަ އެވެ. އަދި ކޮމިޓީގެ ބައްދަލުވުން ބާއްވަން ވެސް މެންބަރުންނަށް ހަ ގަޑިއިރުގެ ނޯޓިސްއެއް ދޭން ޖެހޭ ގޮތަށް އޮތް މާއްދާ ވަނީ 24 ގަޑިއިރަށް ބަދަލު ކޮށްފަ އެވެ.
މީގެ އިތުރުން ތަހުގީގު ކޮމިޓީގެ ރިޕޯޓަށް ޖަވާބުދާރީވާން ރައީސަށް ދެ ދުވަހުގެ މުއްދަތެއް ދޭ ގޮތަށް އޮތް މުއްދަތު ވެސް ވަނީ ހަތް ދުވަހަށް އިތުރުކޮށްފަ އެވެ.
ގަވާއިދަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރުމަށް ފަހު އާންމު ކޮމިޓީން ތައްޔާރު ކުރި ރިޕޯޓުގައި ބުނެފައި ވަނީ ރައީސް އާއި ނައިބު ރައީސް ވަކި ކުރުމުގެ މަރުހަލާ ކުރިޔަށް ގެންދިޔުމަށް ކަނޑައަޅާފައިވާ ވަގުތުތަކާއި މުއްދަތުތަކަކީ އެކަށީގެންވާ ވަގުތުތަކެއް ނޫން ކަމަށެވެ.
ކޮމެޓީގެ އެ ހުށަހެޅުމާ އެއްްގޮތަށް މަޖިލީހުން މިއަދު އެ އިސްލާހުތައް ފާސްކުރީ، 64 މެންބަރުންގެ ވޯޓުންނެވެ.
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި
ރައީސް ސޯލިހު މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންނަނީ
10 ރިސޯޓެއް ތަރައްގީކޮށް، ލިބޭ ފައިދާ ރައްޔިތުންނަށް ޖަމާކުރަނީ
ދައުލަތުގެ ރިޒާވްގައި ބިލިއަން ޑޮލަރު
ރިޔާސީ ބަޔާނާ ދެކޮޅަށް އެމްޑީޕީން އިހްތިޖާޖު ކޮށްފި