ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނުދީ ހިފެހެއްޓި މައުލޫމާތެއް ދޫކުރުމަށް ބަންޑާރަ ނާއިބުގެ އޮފީހުން ރައީސް އޮފީހަށް އަންގައިފިއެވެ.
މި މައްސަލަ އަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ރައީސްކަމުގައި އެމަނިކުފާނު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތަކުގެ ރިސިޓްތައް ހާމަ ކުރުމަށް ކުރީގެ ނޫސްވެރިޔާ އަދި ހިތަދޫ މެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު އަޒާން މަރުޒޫ ހުށަހެޅި މައްސަލައެކެވެ.
އދ. ގައި ތަގްރީރު ކުރެއްވުމަށް 2022 ވަނަ އަހަރު އިބޫ އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުމަށް ހައި ކޯޓުން މިދިޔަ އަހަރު ވަނީ ތާއީދުކޮށްފަ އެވެ.
އެ މައްސަލަ އިސްތިއުނާފްކުރަން ކުރީގެ ސަރުކާރުގެ ދުވަސްވަރު ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އިބޫގެ ދަތުރުފުޅަށް ކުރި ހަރަދުގެ ރިސިޓްތައް ހާމަކުރަން ޖެހޭނެ ކަމަށް ހައި ކޯޓުން ނިންމުމަކީ ގާނޫނާ އެއްގޮތަށް ނިންމި ނިންމުމެއް ނޫން ކަމަށެވެ. އަދި މައުލޫމާތެއް ހާމަ ކުރާއިރު ކޮންމެހެން ރިސިޓްތައް ދޭކަށް ނުޖެހޭނެ ކަމަށާއި އަދި ރިސިޓްތަކުގައި ހުރި މައުލޫމާތުތައް އެހެން ލިޔުމެއްގައި ވެސް ފޯރުކޮށް ދެވިދާނެ ކަމަށް ދައުލަތުން ބުންޏެވެ.
އަދި ދައުލަތުން އެދުނީ ހައި ކޯޓުން ކުރިން ނިންމާފައިވާ ނިންމުން ބާތިލްކޮށް ދިނުމަށެވެ.
މިކަމާއި ގުޅިގެން ބަންޑާރަ ނާއިބުގެ އޮފީހުން މިރޭ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ސުޕްރީމް ކޯޓުގައި މިހާރު ބަލަމުން ގެންދާ މައްސަލަ ދައުލަތުން އަނބުރާ ގެންދަން ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން، އެ ނިންމުމާ އެއްގޮތަށް އެ މައްސަލައިގެ އިސްތިއުނާފު ފޯމު ބާތިލް ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ބަންޑާރަ ނާއިބު އޮފީހުގެ ބަޔާނުގައިވެއެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ ގޮތުގެ މަތިން، އެ މައުލޫމާތުތައް މައުލޫމާތަށް އެދުނު ފަރާތަށް ހިއްސާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ބަންޑާރަ ނާއިބުގެ އޮފީހުން ވަނީ ލަފާ އަރުވައިފައެވެ.
މި ސަރުކާރުންދޭ ލާރި ކޮޅު މަދުވެދާނެ ތީ ރީތި އދަބަށް ބަސްމަގު ގެންނަން ނުކެރޭ ކިތޭ ވަރެއް އެރިޔަސް ރައީސް އިބްރާހިމް މުހައްމަދު ސާލިހް މި ރާއްޖޭގެ ވެރިކަން ކޮށް ބައެއްގެ ލޯބި ހޯދާފަ އެ އޮތީ ދެން ލަލަލާ
ާަބަލާބޮޱު