މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ގަވަރުނަރުގެ މަގާމުގައި ހުންނެވި އަލީ ހާޝިމް އެ މަގާމުން ވަކި ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ އަރުވަން ރައްޔިތުން މަޖިލީހުން ފާސް ކޮށްފައިވާ ގޮތަށް، އެ މަގާމުން އަލީ ހާޝިމް ވަކި ކުރައްވާ އެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި ނަންފުޅަށް އާއްމުންގެ ހިޔާލު ހޯދުމަށް މަޖިލިސް އިދާރާ އިން ހުޅުވާލައިފިއެވެ.
ރައްޔިތުން މަޖިލީހުގެ އިއްޔެ ޖަލްސާގައި ނެގި ވޯޓުގައި ގަވަރުނަރުކަމުން އަލީ ހާޝިމް ވަކި ކުރުމަށް ރައީސަށް ލަފާ އަރުވަން ފާސްކުރަން ފެންނަ ކަމަށް 63 މެންބަރަކު ވަނީ ވޯޓު ދެއްވަވައިފައެވެ. އެއާއެކު ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކި ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ އެރުވުމަށް ރައްޔިތުންގެ މަޖިލީހުން ލަފާ ދެއްވާފައިވާ ގޮތަށް އެ މަގާމުން އަލީ ހާޝިމް އިއްޔެ ވަނީ ވަކި ކުރައްވާފައެވެ.
އަދި އެ މަގާމަށް އަހްމަދު މުނައްވަރު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެން، އެ މަޖިލީހަށް ރައީސް މުއިއްޒު ހުށަހެޅުއްވިއެވެ. މިއަދުގެ މަޖިލިސް ޖަލްސާގައި ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވެވި ސިޓީފުޅު އިއްވެވިއެވެ. އަދި މުނައްވަރުގެ ނަން ދިރާސާ ކުރުމަށް ކޮމެޓީ އަށްވެސް ފޮނުވިއެވެ.
މަޖިލިސް އިދާރާ އިން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނީ މުނައްވަރާއި މެދު އާއްމުންގެ އެއްވެސް ޝަކުވާއެއް އޮތް ނަމަ މާދަމާ މެންދުރު 14:00ގެ ކުރިން ޝަކުވާ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރެއް ޖެހުމަށްފަހު މާލިއްޔަތު ކޮމެޓީގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލް ކުރުމަށް އެދޭ ކަމަށެވެ.
މުނައްވަރަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ ފަހުކޮޅު ފިނޭންސް މިނިސްޓަރުގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. އަދި މިހާރު އެމަނިކުފާނު ހުންނެވީ އެޑްވައިޒާ ޓު ދަ މިނިސްޓާ އޮފް ފައިނޭންސްގެ މަގާމުގައެވެ.
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ
މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލް މި ދައުރު މަޖިލީހަށް ހުށަހަޅާނެ
ރައްޔިތުން މަޖިލީހުގެ ވަކި ޕަސެންޓެއް ޒުވާނުންނަށް ހާއްސަކުރަނީ
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ
އާއްމުންގެޚިޔާލުހޯދިޔަސް އެޚިޔާލަކީނަމުގައިހޯދާޚިޔާލެއް މިހާރުތިޔައޮތީ ހާރޫނުއްރަޝީދަށްލިބުނުކަހަލަވެރިކަމެއް އެކަމަކުއެހަިތެދުވެރިއެއްނުވާނެ ކުރާނީބާރުގެބޭނުންސަބަބަކީތިޔަމަޖިލީހުގައެތިބީއެއްމެލަދުޙަޔާތްކުޑަ3މީހުން
އިއްބެ