އިންފޮމޭޝަން ކޮމިޝަން (އައިކޮމް) ގެ ނިންމުމަކަށް އަމަލު ނުކުރުމުން ރައީސް އޮފީހުގެ މައްސަލައެއް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހަށް ހުށަހަޅާފައިވީ ނަމަވެސް އެ މައްސަލަ އަކީ ކުރީ ސަރުކާރާ ގުޅުންހުރި މައްސަލައެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ހާމަ ކުރައްވައިފިއެވެ.
ހީނާ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާރްޓީއައިގެ ދަށުން، ރައީސް އޮފީހުން މައުލޫމާތު ނުދީގެން، ޖިނާއީ ދައުވާކޮށްދެއްވުން އެދި އިންފޮމޭޝަން ކޮމިޝަނަރުގެ ފަރާތުން ޕީޖީއަށް ހުށަހަޅުއްވާފައިވާ މައްސަލައަކީ، މި ސަރުކާރާ ގުޅުންހުރި މައްސަލައެއް ނޫން ކަމަށެވެ.
އަދި ވިދާޅުވީ އެއީ، މި ސަރުކާރު ފެށުމުގެ މާ ކުރީން ކޮވިޑް ވެކްސިންގެ މައުލޫމާތުތަކެއް ސާފުކުރަން 2022 ވަނަ އަހަރު ހުށަހަޅާ އޭރު މައުލޫމާތު ނުދީ އޮތް މައްސަލައެއް ކަމަށެވެ.
ޕީޖީން ވަނީ އެ މައްސަލައިގެ ތަހުގީގު ހިންގުމަށް ފުލުހުންނަށް އަންގާފައިވާ ކަމަށް ބުނެފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ