ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި ޔޫސުފް މާނިއު މުހައްމަދު އެ މަގާމުން ވަކި ކުރައްވައި، އެ މަގާމަށް އަންހެން ބޭފުޅަކު ފުރަތަމަ ފަހަރަށް އައްޔަން ކުރައްވައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ކަސްޓަމްސްގެ ވެރިއަކަށް ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި ޅ. ހިންނަވަރު ސަންދުރަ، ފާތިމަތު ދިޔާނާއެވެ. އެ މަގާމަަށް ދިޔާނާ އައްޔަން ކުރެއްވީ ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައެވެ.
ދިޔާނާ އަށް މަގާމުގެ ލިޔުން ހަވާލުކުރެއްވީ މިއަދު އެކަމަށްޓަކައި ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ރައީސް މުއިއްޒެވެ.
ރައީސް އޮފީހުން ބުނީ މީގެ ކުރިން ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވީ މާނިއު މިއަދު ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް ބަދަލުކުރައްވާފައިވާ ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ