ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ރައީސްކަމުގައި އެމަނިކުފާނު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތަކުގެ ރިސިޓްތައް ހާމަ ނުކުރެވޭނެ ކަމަށް ސަރުކާރުގެ ފަރާތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.
އދ. ގައި ތަގްރީރު ކުރެއްވުމަށް 2022 ވަނަ އަހަރު އިބޫ އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުމަށް ހައި ކޯޓުން މިދިޔަ އަހަރު ވަނީ ތާއީދުކޮށްފަ އެވެ.
އެ މައްސަލަ އިސްތިއުނާފްކުރަން ކުރީގެ ސަރުކާރުގެ ދުވަސްވަރު ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އިބޫގެ ދަތުރުފުޅަށް ކުރި ހަރަދުގެ ރިސިޓްތައް ހާމަކުރަން ޖެހޭނެ ކަމަށް ހައި ކޯޓުން ނިންމުމަކީ ގާނޫނާ އެއްގޮތަށް ނިންމި ނިންމުމެއް ނޫން ކަމަށެވެ. އަދި މައުލޫމާތެއް ހާމަ ކުރާއިރު ކޮންމެހެން ރިސިޓްތައް ދޭކަށް ނުޖެހޭނެ ކަމަށާއި އަދި ރިސިޓްތަކުގައި ހުރި މައުލޫމާތުތައް އެހެން ލިޔުމެއްގައި ވެސް ފޯރުކޮށް ދެވިދާނެ ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން އެދުނީ ހައި ކޯޓުގެ ނިންމުން ބާތިލް ކުރުމަށެވެ.
ނަމަވެސްއިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނީ ހަރަދުތަކުގެ ރިސިޓްތައް ދޭން އެންގީ ރައީސް އޮފީހުން ދޫކުރި މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރަން ކަމަށެވެ. އަދި ރިސިޓްތަކަކީ މައުލޫމާތުގެ މާނައިގެ ތެރެއަށް ވަންނާނެ އެއްޗެއް ނޫން ކަމަށް ކުރިން ދައުލަތުން އެއްވެސް މަރުހަލާއެއްގައި ވަކާލާތު ކޮށްފައެއް ނުވާތީ މިހާރު އެގޮތަށް ވާހަކަ ނުދެއްކޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުންޏެވެ.
ފަނޑިޔާރުންގެ ބެންޗުން ވަނީ ދައުލަތުން ބުނާގޮތަށް ރިސިޓްތައް ނުދީ އެ މައުލޫމާތު އެހެން ލިޔުމަކަށް ބަދަލު ކުރުމަށްފަހު ދިނުމުން މައުލޫމާތުގެ ސައްހަކަން ކަށަވަރުވާނެތޯ ދައުލަތާ ސުވާލު ކުރައްވައިފަ އެވެ.
ނަމަވެސް މިއަދުގެ އަޑުއެހުމުގެ ވަގުތު ހަމަވުމުން އިތުރު އަޑުއެހުމެއް ބާއްވާނެ ކަން ބެންޗުން އިއުލާން ކުރެއްވުމަށްފަހު އަޑުއެހުން ވަނީ ނިންމާލައިފަ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ސްލިޕް ހާމަނުކުރާނަމަ، ސިއްރުން ކުރި ހުރިހާކަމެއް ހާމަ ކޮށްދީ ބެޑްނަންބާރ ބެޑްޝީޓް ކުލަވެސް
ޝައިނީބ