ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އިސް މަގާމެއްގައި ހުރެ ރިޝްވަތު ނެގި މީހަކު ޖޫރިމަނާކޮށް އަދި މުޖްތަމައުއަށް ހިދުމަތް ކުރަން އެންގުމުގެ އިތުރުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ހ. ސަމާހިލް، ހައިލަމް މުހައްމަދުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ތިން ދައުވާއަކާއި ރިޝްވަތު ހިފުމުގެ ދައުވާއެކެވެ. އެއީ ޑީޖޭއޭގެ ޕްރޮކިއުމަންޓްގެ އިސްވެރިއަކަށް ހުރެ އޭނާއާ ގުޅުން އޮތް ހަތަރު ކުންފުންޏަކަށް އެކަނި ކޯޓޭޝަން ހޯދައި, ޑީޖޭއޭއަށް ބޭނުންވާ އޭސީ އާއި އޭސީ މަރާމާތުގެ ހުރިހާ މަސައްކަތެއް އޭގެ އެއް ކުންފުންޏަށް ހަވާލުކުރި ކަމަށް ބުނެ އެވެ.
މީގެ އިތުރުން އޭގެ ތެރޭގައި ހިމެނޭ އެހެން ކުންފުންޏެއްގެ ނަމުގައިވާ އެކައުންޓުން އޭނާގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ ކަމަށް ދައުވާގައި ބުނެ އެވެ.
ހައިލަމް އެ ދައުވާތަކަށް އިއުތިރާފްވުމުން ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ރިޝްވަތުގެ ދައުވާއަށް ކަނޑައެޅި އަދަބަކީ 56،200 ރުފިޔާއިން ޖޫރިމަނާ ކުރުމަށާއި 40 ގަޑިއިރު މުޖުތަމައަށް ހިދުމަތް ކުރުމަށެވެ.
މަގާމުގެ ނަހަމަ ބޭނުން ކުރުމުގެ ތިން ދައުވާއަށް ޖުމުލަ 120 ގަޑިއިރު މުޖުތަމައަށް ހިދުމަތް ކުރުމަށް ހުކުމްކޮށްފައިވެ އެވެ. އަދި ޖޫރިމަނާގެ ގޮތުގައި 82،200 ރ. ދެއްކުމަށް ހުކުމްކޮށްފައިވެ އެވެ.
މީގެ އިތުރުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމުލަ 241،000 ރ. ދެއްކުމަށް ހުކުމްތަކުގައިވެ އެވެ.
އެހެންވެ, ދޮޅު އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި އެ ހުރިހާ ފައިސާއެއް ދައުލަތަށް ދެއްކުމަށް ހުކުމުގައި އަންގާފައިވެ އެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ނިކަމެއްޗަކު ކަމެއްކޮއްފިއްޔާ ޖަލައްލާ ގޭ ބަންދުކޮށް ހަދާއިރު މީނާއަށް މިފަދަ އަދަބެއް ނުދިނީމަ މިއިންވެސް އެގެނީ ނިކަމެތިންނާ މިމީހުންނާ ގެންގުޅޭ ފަރަގު މިއީ ވެގެންވާނެ ހޮތެއް ނޫން
ރައްޒާޤް