އަމީނީ މަގުގައި ހުންނަ ކޭއެފްސީ ރެސްޓޯރެންޓުގެ ބިއްލޫރިގަނޑަށް ގެއްލުން ދިން މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
މި މީހާ އަކީ މިމަހުގެ 16ވަނަ ދުވަހު ކޭއެފްސީ ބިއްލޫރިގަނޑަށް ގެއްލުން ދިން މީހާއެވެ. އެއީ އުމުރުން 48 އަހަރުގެ މީހެކެވެ. އެމީހާ ހައްޔަރު ކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
ފުލުހުން މިއަދު ބުނީ އެމީހާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދު ކުރަން އަމުރު ކޮށްފައިވާ ކަމަށެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ (18 ޖުލައި 2024)ގައި ވެސް ކޭއެފްސީގެ ބިއްލޫރިގަނޑަށް ވަނީ ގެއްލުން ދީފައެވެ. އެ މައްސަލާގައި އަދި މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ