ގިނަ އަދަދެއްގެ ދިވެހިންގެ މެދުގައި މަގްބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ "ޓިކްޓޮކް"ގައި ހިނގި ދެބަސްވުމެއްގެ ތެރެއިން މާލޭގެ ގެއަކަށް ވަދެ ބަޔަކު ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ޓިކްޓޮކް ލައިވެއްގައި މިއަދު ހިނގި ދެބަސްވުމެއްގައި ހެންވޭރުގެ ގެއަކަށް ވަދެ ބަޔަކު ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެކަން ހިނގީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
ފުލުހުން އިތުރަށް ބުނީ އެކަން ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް މިހާރު އެމީހުން ދޫކޮށްލާފައިވާ ކަމަށް ބުންޏެވެ.
މީގެކުރިން ވެސް ޓިކްޓޮކްގައި މިފަދަ ދެބަސްވުންތައް ހިނގާފައި އެބަހުއްޓެވެ. އަދި އެ ހަމަނުޖެހުންތަކާއި ގުޅިގެން މާރާމާރީ ވެސް ހިންގާފައި އެބަހުއްޓެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
ޓިކްޓޮކް ބަންދުކުރޭ
ބޯހަލާކު