މާލޭ ސިޓީގެ ގެއެއްގައި މީހަރު ރަހީނުކޮށްގެން ގެންގުޅުނު ތިން ޒުވާނަކު ހައްޔަރުކޮށް، ކޯޓަށް ހާޒިރުކޮށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ހައްޔަރުކޮށްފައި ވަނީ އުމުރުން 22 އަހަރާއި 27 އަހަރާއި 30 އަހަރުގެ ޒުވާނުންނެވެ. އެ މީހުންގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް ޖަހާފައެވެ.
ފުލުހުން ބުނީ އެ މީހާ ރަހީނުކޮށްގެން އުޅުނުކަމުގެ ރިޕޯޓް ފުލުހުންނަށް ހުށަހެޅީ އިއްޔެ ކަމަށެވެ. އޭނާ ރަހީނުކުރި ސަބަބެއް، އަދި ރަހީނުކޮށްގެން އޭނާއަށް ދިން ގެންލުންތަކުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. އަދި އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ވަނަވަރެއް ވެސް ފުލުހުން އާންމެއް ނުކުރެއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިއަދާ ހަމައަށް، މީހުންނަށް އަނިޔާކުރުމާއި މާރާމާރީ ހިންގުންފަދަ 356 މައްސަލަ މިއަހަރު ހުށަހަޅާފައިވެއެވެ. އެގޮތުން ފޭރުމުގެ 263 މައްސަލައަކާއި ހިޔާނާތްތެރިވުމުގެ 384 މައްސަލައަކާއި މަސްތުވާތަކެތީގެ 869 މައްސަލަ ފުލުހުންނަށް މިއަހަރުގެ މިހާތަނަށް ހުށަހަޅާފައިވެއެވެ.
އެންމެ ގިނަ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ވައްކަން ކުރުމުގެއެވެ. އެގޮތުން ވައްކަމުގެ 1939 މައްސަލަ މިއަހަރުގެ މިހާތަނަށް ފުލުހުންނަށް ހުށަހަޅާފައިވެއެވެ.
ރަސްމީ ދަތުރުފުޅެއްގައި މަޖިލިސް ރައީސް އިންޑިއާއަށް
އަންނަ މަހުގެ ފަސްވަނަ ދުވަސް ސަރުކާރު ބަންދު
ވެމްކޯ އިން ޕެންޝަނަށް 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދައްކާ އެބައޮތް
ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލާ، ނައީމް އަވަހާރަވެއްޖެ
އިންޑިއާ - އެމެރިކާގެ ވިޔަފާރީގެ މަޝްވަރާތައް ދަނީ ކުރިޔަށް: ސަފީރު
ގއ. އަތޮޅު ޑުރަގް ނެޓްވޯކާ ގުޅޭ 53 ބޭންކް އެކައުންޓެއް ފްރީޒްކޮށްފި