ހދ. ހިރިމަރަދޫ ފަޅުރަށެއްގެ ގޮތުގައި ހަމަޖެއްސިއިރު، އެ ރަށުގެ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އިހުމާލުވެފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ތަހުގީގުކުރަން ފަށައިފިއެވެ.
ހިރިމަރަދޫ ރައްޔިތުންގެ ކަންކަން ބެލެހެއްޓުން އެ އަތޮޅު ހަނިމާދޫ ކައުންސިލާ ހަވާލުކޮށްފައި ވީނަމަވެސް، އެ އިންތިޒާމުތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާ ކަމަށް ފާހަގަކޮށް، މިދިޔަ މަހު އެމްޑީޕީން ވަނީ މި މައްސަލަ ބަލައިދިނުމަށް އެދި އެޗްއާރްސީއެމަށް ހުށަހަޅާފައެވެ.
އެމްޑީޕީގެ ޝަކުވާގައި ބަޔާންކޮށްފައިވަނީ ލާމަރުކަޒީ ގާނޫނާ ހިލާފަށް ހިރިމަރަދޫ ކައުންސިލް އުވާލުމުގެ ސަބަބުން، ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކުން އެ ރަށުގެ މީހުން މަހުރޫމްވެފައިވާ ކަމަށެވެ. އެހެންކަމުން އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް ވަނީ އެދިފައެވެ. އެޗްއާރުސީއެމުން މިހާރު ވަނީ މި މައްސަލަ ރަޖިސްޓްރީކޮށްގެން ބަލަމުން އަންނަކަން ހާމަކޮށްފައެވެ.
ހދ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށުގެ ތެރެއިން އެންމެ މަދު އާބާދީއެއް އޮތް ހިރިމަރަދޫގައި އެންމެ ފަހުގެ ބޯހިމެނުމުގެ ހިސާބުތައް ދައްކާގޮތުން ދިރިއުޅެނީ 293 މީހުންނެވެ. އެއީ 157 ފިރިހެނުންނާއި 136 އަންހެނުންނެވެ.
ހިރިމަރަދޫ ރައްޔިތުން ބަދަލުކުރުމަށްޓަކައި ހަނިމާދޫގައި ފްލެޓް އެޅުމަށް ސަރުކާރުން ނިންމާފައިވީ ނަމަވެސް، އެ މަޝްރޫޢުގެ އަމަލީ މަސައްކަތް އަދިވެސް ކުރިއަކަށް ނުދެއެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން