މާލޭގައި ފެށި ސިލްސިލާ މުޒާހަރާތަކާ ގުޅިގެން ހައްޔަރު ކުރި އެމްޑީޕީ ޔޫތު ވިންގުގެ ނައިބު ރައީސް އަހުމަދު މައިމޫންގެ ބަންދަށް އިތުރަށް 15 ދުވަސް ޖެހުމަށް އެދިފައިވަނިކޮށް، އޭނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މައިމޫން ބަންދުން ދޫކޮށްލީ ފުލުހުންގެ ތަހުގީގަށް އެއްބާރުލުންދިނުމަށް 30 ދުވަހަށް ޝަރުތު ކުރުމަށްފަހުގައެވެ.
މައިމޫންގެ ގާނޫނީ ވަކީލު ވިދާޅުވީ އޭނާއާ މުޒާހަރާއަށް ނުދެވޭނެ ގޮތަށް ޝަރުތުކުރުމަށް ފުލުހުން އެދުނު ކަމަށާއި ނަމަވެސް އެކަމަކީ ގާނޫނުއަސާސީއާ ހިލާފުކަމެއް ކަމަށްވާތީ، އެ ޝަރުތު ކޯޓުން ނުކުރާ ކަމަށެވެ.
މައިމޫންގެ މައްޗަށް ކުރަނީ މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުގެ ރޭ ބަންދުކޮށްފައި ހުރި މަގެއްގައި ޖަހާފައިވާ ބެރިކޭޑުތައް ދުރަށް ޖެއްސިކަމުގެ ތުހުމަތެވެ. އެ ދުވަހު ޗާންދަނީމަގު ބަންދުކޮށްފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް، އެ މަގުން ދުއްވާ އެއްޗެއްސަށް ދެވޭ ގޮތަށް ފުލުހުން ވަނީ ހުޅުވާލާފައެވެ. އަދި އާންމުން ހިނގާބިނގާވެ އުޅުމަށް ފުލުހުން އެ ރޭ ފުރުސަތު ދީފައިވެއެވެ. ނަމަވެސް މައިމޫންގެ މައްޗަށް އެ ތުހުމަތު ކުރީ އޭނާއަށް ބިރުދައްކައި، މުޒާހަރާތަކަށް ހުރަސްއެޅުމުގެ ގޮތުން ކަމަށް މުޒާހަރާގެ ބައިވެރިން ބުނެއެވެ.
މާލޭގައި މުޒާހަރާ ކުރަން ފަށާފައި ވަނީ ސަރުކާރު ކުންފުނިތަކުން މީހުން ވަކިކުރަމުންދާތީ އާއި ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 40 ޕަސެންޓު ދިވެހި ރުފިޔާއަށް މާރުކުރުމާ ދެކޮޅަށާއި ރަށްރަށުގެ ބާރު މާލެއަށް ޖަމާކުރުމާ ދެކޮޅަށެވެ.
މުޒާހަރާތައް ކުރަނީ އެމްޑީޕީގެ އާންމު މެމްބަރުން އިސް ނަގައިގެންނެވެ. އެ މުޒާހަރާތަކަށް އިތުރު ހިތްވަރެއް ލިބުނީ ހޯމަ ދުވަހު ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުން، ސިލްސިލާ ސީދާ ހަރަކާތް ފެށުމަށް ފާސްކުރުމުންނެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން