މާދަމާ ބާއްވާ މާލޭ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް އާދޭހާ އެކު އެދިވަޑައިގެންފިއެވެ.
މާލޭ ސިޓީ ކައުންސިލްގެ ތިން ގޮނޑިއެއް ހުސްވީ އެ ކައުންސިލްގެ މެމްބަރުންގެ ތެރެއިން ތިން ބޭފުޅަކު، މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވުމުންނެވެ. ހުސްވެފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑި އާއި ހުޅުމާލޭ ދާއިރާގެ ގޮނޑި އަދި މައްޗަންގޯޅީ މެދު ދާއިރާގެ ގޮނޑިއެވެ.
އާޒިމް މިއަދު ވީޑިއޯ މެދުވެރިކޮށް އާންމު ކުރި އިންޓަރވިއުއެއްގައި ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓުންނަކީ ވަރަށް ގާބިލް ބައެއް ކަމަށާއި އެހެންވެ, "ފެހި ތަނަވަސް މާލެ"އެއް ހޯދުމަށްޓަކައި މާލޭގެ ރައްޔިތުން އެ ތިން ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑު އެދެނީ, އަޅުގަނޑުގެ އާދޭހަކީ މާދަމާ ހެނދުނު ހެނދުނާ ނިކުމެ އެމްޑީޕީގެ ކެންޑިޑޭޓުންނަށް, އާދެ ތިލަފަތަށް ވޯޓު ދެއްވާ." އާޒިމް ވިދާޅުވި އެވެ.
މައްޗަންގޯޅީ މެދު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރައްވަނީ ހައްވާ ޝިފާނާއެވެ. އަދި ހުޅުމާލޭ ދާއިރާއަށް ވާދަ ކުރައްވަނީ އަހުމަދު ރަޝީދު އެވެ. އަދި ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަ ކުރައްވަނީ މުހައްމަދު އަލީ ޖިނާދެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
އެމްޑީޕީސަރުކާރުގަ ވައްކަން ކުރާތީ ރައްޔިތުން އެމްޑީޕީއައް 2 ވަނަ ދައުރެއް ނުދީ އެހެން ބަޔަކައް ވެރިކަންދިނީ އެހެން މިހާރު ވެރިކަމުގަ ތިބި ބައިގަނޑުވެސް ރަނގަޅެއް ނޫން ދެން ކަމުނުގޮސްގެން ބޭލިބަޔަކައް އަލުން ދޭކަމައްވެއްޖެއްޔާ ހާދައޭ މަމެން ދިވެހިން މޮޔަވެފަ ގަމާރީ އެއްވެސް ބަޔަކައް ވައްކަން ކުރަން ދެވަނަ ފުރުސަތެއް ދިވެހިން ދީފާނެބާ
ބޮލުރޮދި ރައްޔިތުންކީއްކުރަން ތިޔަ އާދޭސް ކުރަނީ ނުޖެހޭ ތިމީހުނަށް ވޯޓްފޭކަށެއް ކުރިންވެސް ތިޔަ ބައިގަޑަށް ވޯޓް ދީގެން ވީކަމެއްހަމަ ހަރާން ވަރަށް ސަލާމް
ދޮންދުބުރިމާ