ހުޅުމާލޭގައި ހިނގި މާރާމާރީއަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ މިމަހުގެ 8ވަނަ ދުވަހު ހުޅުމާލެ ފޭސް އެކެއްގައި ހިނގި މާރާމާރީއަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 22 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި ބުނީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެ މައްސަލާގައި އަނިޔާ ލިބިފައި ވަނީ އަހުމަދު ނަޒީފު ނަމަކަށް ކިޔާ މީހަކަށެވެ. އެ މާރާމާރީގައި ނަފީޒުގެ ލޯ މައްޗަށް އަނިޔާވެފައިވާއިރު ބޮލަށް ވެސް ވަނީ އަނިޔާވެފައެވެ.
ބައެއް މީޑިއާތަކުގައި ނަފީޒުގެ އާއިލާގެ ފަރާތުން ވަނީ އެ މާރާމާރީގެ ކަންބޮޑުވުންތައް ހިއްސާ ކޮށްފައެވެ. އެގޮތުން ނަފީޒަކީ ދުވަހަކުވެސް އެފަދަ ކަމެއްގައި ބައިވެރިވެފައި ނުވާ މީހެއް ކަމަށާއި ނަފީޒަށް އަނިޔާ ދިން މީހުންގެ ފަރާތުން އިތުރު އަނިޔާތަކެއް ލިބުން އެކަށީގެންވާ ކަމަށްވެސް ބުނެފައިވެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ