ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހދ. ހަނިމާދޫގައި ތަރައްގީ ކުރަން ފެށި އެއާޕޯޓުގެ މަސައްކަތް އަންނަ އަހަރުގެ މާޗު މަހަށް ނިންމާލެވޭނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެފިއެވެ.
ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ކުރިޔަށްދާ ގޮތް ބައްލަވާލެއްވުމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުއްތަލިބާއި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު މުނޫ މަހާވަރު އިއްޔެގެ ވަގުތެއްގައި ވަނީ ހަނިމާދޫ އަށް ވަޑައިގެން އެއާޕޯޓުގެ މަސައްކަތް ކުރިޔަށްދާ ގޮތް ބައްލަވާލައްވައިފައެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނީ އިންޑިއާގެ ޖީއެމްސީއާ ހަވާލު ކޮށްގެން ކުރިޔަށް ގެންދާ އެ މަޝްރޫއުގެ 67.5 ޕަސެންޓު މިހާރު ނިމިފައިވާ ކަމަށެވެ.
ހަނިމާދޫ އެއާޕޯޓު މަޝްރޫއުގެ ތަފްސީލް:
ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓް އަލުން ތަރައްގީ ކުރުމަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ ފަރާތުން ސަރުކާރަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ސްކީމް ގެ ދަށުން ފައިނޭންސް ކުރުމަށް ހަމަޖެހިފައިވާ މަޝްރޫއުއެކެވެ.
އެ މަޝްރޫއުގެ ދަށުން އިމާރާތްކުރެވޭ ޓާމިނަލް އިމާރާތުގެ ޑިޒައިން ކޮންސެޕްޓް ބިނާވެފައިވަނީ ދިވެހި ކަނޑުތަކުގެ ދިރުންތަކުގެ މަށްޗަށް، ހާއްސަކޮށް މަޑި ސިފަވާނެހެންނެވެ.
އެ މަޝްރޫއުގެ ދަށުން ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓަށް އުމްރާނީ އަދި އޮޕަރޭޝަނަލް ބޮޑެތި ބަދަލުތަކެއް ގެނެވި އެއާސައިޑް، ލޭންޑްސައިޑް އަދި އިމާރާތްތަކުގެ އިންފްރާސްޓްރަކްޗާ އަޕްގްރޭޑް ކުރެވިގެން ދާނެއެވެ. މި އަޕްގްރޭޑް ތަކުގެ ސަބަބުން އިންޓަނެޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައި.ސީ.އޭ.އޯ) ގެ މިންގަނޑުތަށް ދެމެހެއްޓި، ދިވެހިރާއްޖެއަށް އަންނާނެ ‘ޓްރެފިކް’ ދަތިކަމެއްނެތި ބަލައިގަނެވޭނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ