ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ މަންމާފުޅު މޫމިނާ ހަސަންފުޅު މިއަދު އަވަހާރަވެއްޖެއެވެ.
އުމުރުފުޅުން 80 އަހަރުގައި މޫމިނާ އަވަހާރަވިކަން އެމްޑީޕީން "އެކްސް"ގައި މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
"ރައީސް ސާލިހުގެ މަންމާފުޅު ނިޔާވުމުގެ ފުން ހިތާމައިގައި މި ޕާޓީގެ އެންމެހައި މެމްބަރުންގެ ފަރާތުން ރައީސް ޞާލިހަށާއި ރައީސް ޞާލިޙު އާއިލާއަށް ތައުޒިޔާ ދަންނަވަމެވެ. އަދި މަރުހޫމާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވައި އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުޢާކުރަމެވެ. އާމީން،" އެމްޑީޕީން ކުރި ޓްވީޓުގައިބުނެފައިވެއެވެ.
މޫމިނާ އަވަހާރަވީ އާލާސްކަންފުޅުގެ ތަފްސީލެއް އަދި ނުލިބެއެވެ.
ރައީސް ސާލިހުގެ މަންމާފުޅު އަވަހަރަވުމުގެ ހިތާމައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތައުޒިޔާ ފޮނުއްވައި، އެކަމަނާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުމަށް އެދި ދުއާކޮށް، "އެކްސް"ގައި ޕޯސްޓެއް ޝެއާ ކުރައްވާފައެވެ.
ސާލިހަށް ތައުޒިޔާ ފޮނުއްވައި އެމްޑީޕީގެ ރައީސް ޝާހިދު "އެކްސް"ގައި ވިދާޅުވެފައި ވަނީ މޫމިނާ ޙުސެންފުޅަކީ ދިވެހި ގައުމަށް ޚިދްމަތްތެރި އެތައް ބޭފުޅުންނެއް ތަރުބިއްޔަތު ކުރެއްވި ނަމޫނާ ލޮބުވެތި މަންމައެއް ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ