ރާއްޖެ އަށް ބިދޭސީ 23 އަންހެނަކު ގެނެސް އެމީހުން ލައްވާ ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ގެންދިޔަ ބަންގްލަދޭޝް މީހަކު ޑީޕޯޓު ކޮށްލައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ ޗީފް އިމިގްރޭޝަން އޮފިސަރު މުހައްމަދު ޝިފާން ވިދާޅުވީ އެމީހާ އަކީ ދިވެއްސަކާއި ކައިވެނި ކޮށްގެން ރާއްޖޭގައި އުޅެމުން ދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށެވެ. އަދި އެމީހާ އަކީ 2019ވަނަ އަހަރުން ފެށިގެން ހަށި ވިއްކުމުގެ ވިޔަފާރި އަށް ރާއްޖެ އިން ބޭރުން އަންހެނުން ގެންނަމުން ދިޔަ މީހެއް ކަމަށް ވެސް ވިދާޅުވިއެވެ.
ޝިފާން ވިދާޅުވީ 2019 ވަނަ އަހަރުން ފެށިގެން 23 އަންހެނަކު އޭނާ ރާއްޖެ އެތެރެކޮށްފައިވާ ކަމަށެވެ. އަދި އެމީހުން ލައްވާ ހަށިވިއްކުމުގެ ވިޔަފާރި ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެމީހާ މިހާރު ރާއްޖެ އިން ޑީޕޯޓު ކޮށްލާފައިވާނެ ކަމަށް ޝިފާން ވިދާޅުވިއެވެ.
މިފަހަކަށް އައިސް ފުލުހުންނާއި ގުޅިގެން އިމިގްރޭޝަނުން އަންނަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން އަންނަ ބިދޭސީން އަތުލައިގަތުމުގެ ހާއްސަ އޮޕަރޭޝަންތަކެއް ކުރިޔަށް ގެންދަމުންނެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ